ތުރުކީގައި އިސްތަންބޫލް މޭޔަރ އެކްރެމް އިމަމޮއޮގްލޫ ހައްޔަރުކުރުމާއި ގުޅިގެން މުޒާހަރާކުރަން ފަށައިފި

ސަރުކާރުން މުޒާހަރާ ހުއްޓުމަށް މަސައްކަތްކުރި ނަމަވެސް، އިސްތަންބޫލް މޭޔަރ އެކްރެމް އިމަމޮއޮގްލޫ ހައްޔަރުކުރުމާއި ގުޅިގެން އެތަކެއް ހާސް ރައްޔިތުން މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަމުންދާތީ ތުރުކީގައި މިވަނީ ހަލަބޮލިކަން އުފެދިފައެވެ. އެ ގައުމުގެ ރައީސް ރެޖެބް ޠައްޔިބް އެރްދޯގާންގެ ވާދަވެރިއެއް ކަމުގައިވާ އެންމެ މަޤްބޫލު އިދިކޮޅު ފަރާތުގެ ލީޑަރު ހައްޔަރުކުރެވުނީ 2025 މާރޗް 19 ވަނަ ދުވަހު ކޮރަޕްޝަނާއި ކުރްދިސްތާން ވޯކާޒް ޕާޓީ (ޕީކޭކޭ) ފަދަ ޓެރަރިސްޓް ޖަމާޢަތްތަކާއި ގުޅުންހުރި ކަމުގެ ތުހުމަތުގައެވެ. 2028 ވަނަ އަހަރުގެ ރިޔާސީ […]

ހިންގުން ބޮއްސުންލައިފައިވާ ތެލެސީމިއާ ސެންޓަރަށް ހާލަތު ބައްލަވަން ރައީސް ވަޑައިގެންފި

ތެލަސީމިއާ ސެންޓަރުގެ ހިދުމަތްތައް ގޯސްވުމުގެ ސަބަބުން، ރޭ ކުރި މުޒާހަރާ އާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނު އެ ސެންޓަރަށް ވަޑައިގެން އެ ތަނުގައި މިވަގުތު ހުރި މައްސަލަތަކުގެ މައުލޫމާތު ހޯދައިފިއެވެ. މުޒާހަރާ ކުރަން ނިންމި ސަބަބަކީ، އެ ތަނުގެ ވެރިންނާ، މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އެކު ތެލަސީމިއާ އަށް ފަރުވާ ހޯދަމުންދާ ބަލި މީހުންނާއި ބޭއްވި ބައްދަލުވުމަކަށް ފަހު، އެއްވެސް މައްސަލައަކަށް ހައްލު ނުލިބޭ ކަމަށް ބުނެ އެވެ.ރައީސް އޮފީހުގެ […]

ފަޅުގައި އަޅާފައި އޮންނަ އުޅަނދުތަކުގައި ފަޅުވެރިން ތިބެން އަންގައިފި

ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ފަޅުގައި އަޅާފައި އޮންނަ އުޅަނދުތަކުގައި އެކަށީގެންވާ އަދަދަކަށް އަބަދުވެސް މީހުން ތިބުމަށް އަންގައިފި އެވެއެ ވުޒާރާއިން ކުރި އިއުލާނެއްގައި ވަނީ ފަޅުތެރޭގަ އާއި ކަނޑުގެ ސަރަހައްދުގައި ނަގިލި ލުމަށް ފަހު އުޅަނދު ބެލެހެއްޓުމަށް އެއްވެސް ފަޅުވެރިއަކު އުޅަނދުގައި ނެތި ދޫކޮށްލާފައިވާ ދިއުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ދިމާވެ، މީހުންގެ މުދަލަށް ގެއްލުންވަމުންދާ ކަމަށެވެ. ”ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ކަނޑު އުޅަނދުފަހަރު ނަގިލިލާފައި ނުވަތަ ޖެޓީގައި އޮންނަ ވަގުތުތަކުގައި އެ އުޅަނދެއް ބެލެއްހެއްޓުމަށްޓަކައި […]

ޝަހީދުވި ސިފައިންގެ އާއިލާތަކުގެ ކޮންމެ މެންބަރަކަށް މަހަކު 9،000ރ. ގެ އިނާޔަތެއް!

ދިވެހިރާއްޖެއަށް ނޮވެމްބަރު 3، 1988 ގައި ދިން އުދުވާނީ ހަމަލާއިން ގައުމު ސަލާމަތް ކުރުމުގެ ޖިހާދުކުރަނިކޮށް ޝަހީދުވި ސިފައިންގެ އާއިލާތަކަށް އިނާޔަތް ދޭ އުސޫލު ޑިފެންސް މިނިސްޓްރީން އާންމުކޮށްފި އެވެ. އެ އުސޫލުގައިވާ ގޮތުން ޝަހީދުވި ސިފައިންގެ އާއިލާތަކުގެ އިތުރުން ނޮވެމްބަރު 3، 1988 ގެ ހަނގުރާމައިގައި ދައްކުވައިދިން އާދަޔާހިލާފު ހިތްވަރު ފާހަގަކޮށް ޝަރަފުގެ ނިޝާން ދެވިފައިވާ މީހުންނަށް ވެސް އިނާޔަތް ދޭނެ އެވެ.ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ މީހާގެ އާއިލާ މެންބަރުންގެ ތެރެއިން ދުނިޔޭގައި ތިބި ކޮންމެ […]

ރަޝިޔާ އަދި ޗައިނާ ވިސާ ހޯދަންނުޖެހޭ އެއްބަސްވުން ނިމުމަކާ ހަމައަށް އަންނަނީ

ރަޝިޔާ އަދި ޗައިނާ ވިސާ ނުލާ ޓްރެވަލްކުރުމުގެ ނިޒާމެއް ޤާއިމްކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް އެޅިގެންދާނެ ފިޔަވަޅެކެވެ. މޮސްކޯގައި ހުންނަ ޗައިނާގެ އެމްބަސީގެ ޝާޖް ޑެފެއާޒް، ޒަންގް ވެއި، ވަނީ މަޝްވަރާތައް ކުރިއަށްދާކަން ކަށަވަރުކޮށްދެއްވާފައެވެ. ދެފަރާތުގެ ޑިޕްލޮމެޓުން ތަފްސީލުތައް ނިންމުމަށް މަސައްކަތް ކުރަމުންދާއިރު، އެއްބަސްވުން ނިމޭނެ ވަކި މުއްދަތެއް ކަނޑައެޅިފައި ނުވިނަމަވެސް، ޗައިނާގައި މި އެއްބަސްވުން އަވަހަށް ނިމޭނެކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. ޒަންގް ވެއި ފާހަގަކުރެއްވި ގޮތުގައި، މި […]

އަވަސް އަރުވާލައިގެން ފާސްކުރި ސުޕްރީމް ކޯޓުގެ ބެންޗު ކުޑަ ކުރާ ބިލު އިސްލާހުކުރަން އަލުން ކޮމިޓީއަށް

ސުޕްރީމް ކޯޓުގެ ފަޑިޔާރުންގެ އަދަދު ފަހަކަށް ބަދަލުކުރަން ގާނޫނަށް ގެނައި އިސްލާހުގެ ބިލު އަނބުރާ މަޖިލީހަށް ފޮނުވާލުމުން ބިލު އިތުރަށް އިސްލާހުކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން މިއަދު ފާސްކޮށްފި އެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ، ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. ބިލާ ގުޅޭ ގޮތުން މަޝްވަރާކުރަން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ފުރަތަމަ ބައްދަލުވުމުގައި ބިލު ފާސްކުރަން ގިނަ މެންބަރުން ދެކޮޅު ވެސް ހެއްދެވި އެވެ. ނަމަވެސް ބިލު ފާސްކުރީ، ބިލަށް ތާއީދުކުރަން ޕީއެންސީގެ […]

ހުސްވެފައިވާ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް އަރީޝް ހޮވައިފި

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަރީޝް މިއަދު އިންތިހާބުކޮށްފި އެވެ. މާލެ ސިޓީ ކައުންސިލުން ބޭއްވި ޖަލްސާއެއްގައި ޑެޕިއުޓީ މޭޔަރުގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރެއްވީ އަރީޝް އެކަންޏެވެ.ޑެޕިއުޓީ މޭޔަރު ކަމަށް އެންމެ މެންބަރަކު ކުރިމަތިލުމުން ފެންނަ ނުފެންނަ ވޯޓެއް ސިއްރުން ވަނީ ނަގައިފަ އެވެ. އެ ވޯޓު އަރީޝް ކާމިޔާބުކުރީ ވޯޓުގައި ބައިވެރިވި 16 މެންބަރުންގެ އިއްތިފާގުންނެވެ.އަރީޝް ވަނީ އޭނާއަށް ވޯޓު ދެއްވި ހުރިހާ މެންބަރުންނަށް ޝުކުރު […]

މިނިސްޓަރެއްގެ ފެންވަރުގައި ނަރީޝް ޔޫތު މިނިސްޓްރީއަށް

މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް މިނިސްޓަރެއްގެ ފެންވަރުގައި ޔޫތު މިނިސްޓްރީއަށް އައްޔަންކުރައްވައިފައެވެ. ނަރީޝް އައްޔަންކުރީ ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރުގެ އެޑްވައިޒަރެއްގެ ގޮތުގައި ކަމަށެވެ. އޭނާ މަގާމަށް އައްޔަންކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މިނިސްޓަރެއްގެ މުސާރައަކީ 58,500ރ. އެވެ. ނަރީޝް އެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހެވެ.މިނިސްޓަރު ފެންވަރުގައި ގިނަ އަދަދެއްގެ ބޭފުޅުން މި ސަރުކާރުގެ މަގާމުތަކަށް މިހާރު ވަނީ އައްޔަންކުރައްވައިފައެވެ.ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިނިސްޓަރު ފެންވަރުގެ 10 […]

ރައީސުލްޖުމްހޫރިއްޔާ، ކެނެޑާގެ އައު ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކެނެޑާގެ އައު ބޮޑުވަޒީރު، ހިޒް އެކްސަލަންސީ މާކް ޖޯސެފް ކަރނީ، މަޤާމާއި ހަވާލުވެވަޑައިގަތުމުން އެ މަނިކުފާނަށް ތަހުނިޔާ ފޮނުއްވައިފިއެވެ. ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ކެނެޑާގެ އައު ބޮޑުވަޒީރު، ހިޒް އެކްސަލަންސީ މާކް ޖޯސެފް ކަރނީއަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވީ، އެ މަނިކުފާނަށް ފޮނުއްވި މެސެޖެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ކެނެޑާގެ ބޮޑުވަޒީރު ކަރނީގެ ޒަޢާމަތުގައި އެޤައުމުގައި ހަމަޖެހުމާއި ފާގަތިކަން ދެމި އޮންނާނެކަން ޔަޤީން ކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި، ކެނެޑާގެ އައު […]

ފަނޑިޔާރު އަޒްމިރަލްދާއަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވައިފި

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުތަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މިއަދު އިންކާރު ކުރައްވައިފިއެވެ. އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުން ދޫކޮށްލަން އެ ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި ފަނޑިޔާރު އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުކުރީ މިއަދު ހެނދުނުއެވެ.ޖޭއެސްސީގެ ސުލޫކީ މައްސަލަ ބަލާ ކޮމިޓީގެ މެންބަރުން ފަނޑިޔާރު އަޒްމިރަލްދާއާ މިއަދު ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން، […]