ޔޫ.އެން. އަދި ޢަރަބީން ޑިމޮކްރެޓި މިނިވަން ފަލަސްތީނެއް ބޭނުންވޭތަ؟

Loading

September 13, 2025
profile
Facebook
Twitter
WhatsApp

އެންމެފަހުން ފަލަސްތީނުގައި ބޭއްވުނު ”ފްރީ އެންޑް ފެއަރ“ އިންތިޚާބު ބޮޑުތަނުން ކާމިޔާބުކުރި، ރައްޔަތުންގެ 80% ސަޕޯޓް ލިބިފައިވާ ޙަމާސް ބައިވެރި ނުކޮށް އުފައްދާ ފަލަސްޠީނުގެ ދައުލަތެއް ފަލަސްޠީނުގެ ރައްޔިތުން ބަލައި ނުގަންނާނެ ކަން މިޤަރާރު ހުށަހެޅި ޤައުމުތަކަށް ވެސް
ރަނގަޅަށް އެނގޭނެއެވެ.


ފަލަސްޠީނަށް ބޭނުންވަނީ ހަމައެކަނި ކަރުދާހުގައި އޮންނަ ދައުލަތެއް ނޫނެވެ. ތިފަދަ ކިތަންމެ ކަރުދާހެއް ފާސްކޮށްފިނޫން ހެއްޔެވެ. މިނިވަން ދައުލަތެކެވެ! ހަމައެކަނި ނަމެއްގައި އޮންނަ ދައުލަތެއް ވެސް ނޫނެވެ. އަދި އިޒްރޭލަށް އެމެރިކާ އާއި އިނގިރޭސިންގެ ފުލް ސަޕޯޓާއި އެކު ބޭނުންގޮތަކަށް ނުފޫޒާއި ބާރު ފޯރުވޭނެ ހަތިޔާރެއް ނެތް ބަލިކަށި ދައުލަތެއް ވެސް ނޫނެވެ.
މިޤަރާރުގެ ސަބަބުން އިޒްރޭލުން އެމެރިކާ އާއި ގުޅިގެން ފަލަސްޠީނު ގެ ނަސްލު ނައްތާލުމަށް ހިންގާ ޤަތުލު ޢާއްމަށް އެއްވެސް ހައްލެއް އަންނާނެ ހެއްޔެވެ؟
އޭ ޢަރަބީންނެވެ! ތިބާގެ ފަސް ހިއްސު ބޭނުން ކޮށްބަލާށެވެ. މާތް ﷲގެ ބަސްފުޅު ވަޙީ ދޮގުކުރަން ނޫޅެބަލާށެވެ.

۞ يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ ( سورة المائدة 51)
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން يهودى ންނާއި، نصارى އިން (އެއީ) އެކުވެރިން ކަމުގައި ނުބަލާށެވެ! އެއުރެންގެ ތެރެއިން އެއްބަޔަކީ އަނެއްބަޔެއްގެ އެކުވެރިންނެވެ. ތިޔަބައިމީހުންގެ ތެރެއިން އެއުރެން އެކުވެރިން ކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއީ، އެއުރެންގެ ތެރެއިންވާ މީހެކެވެ.
ގަތަރާއި ސައޫދީ ގައި ޝައިތާނީ މިލިޓަރީ މަރުކަޒުތައް ހުރެގެން ކުރެވުނުހާ ވެސް ކަމަކީ އުންމަތް ދެބައިކޮށް ބަލިކަށިކޮށް ލުވުމެވެ. ކުރިން ބަހަނާތައް ދައްކަމުން ގަތުލު އާންމުތައް ހިންގީ ފަލަސްތީނާއި ލެބަނަންގަ އެވެ. ދެން އެރުމާއި ގަތުލު އާންމު ފުޅާކޮށްލީ ދިމިޝްގާއި ބަޣުދާދަށެވެ. މިފަހުން އެޖެހީ ގަތަރުގައެވެ. ގަތަރަށް ޙަމަލާދޭން އެ ބޭނުންކުރި ޝަހާދަތުގެ ދެ ކަލިމަ ދިދަ އުފުއްލާ މިހާރުގެ ސަޢުދީ އަރަބިއާއެވެ.
ތިބާމެނަށް އެއްޗެއް ވިސްނޭހެއްޔެވެ؟
މާތް ﷲ އަންގަވާފައި އެވަނީ : ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ. (51)
މިއާޔަތުގެ ތަފްސީރު :
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ޢަދުއްވުން ކަމުގައިވާ ޔަހޫދީންނާއި ނަޞާރާއިންނަކީ، ތިޔަބައިމީހުންގެ ސިއްރުތައް އެބައިމީހުންނަށް ހާމަކުރާ، ދީނުގައި ތިޔަބައިމީހުން އަޚުންފަދައިން އެކުގައި އުޅޭ، އެކުވެރިންކަމުގައި ނުހަދާށެވެ. އެބައިމީހުން އެދެނީ ތިޔަބައިމީހުންނަށް ގެއްލުން ދިނުމަށެވެ. އަދި ގަދައަޅައި މަސައްކަތްކުރާނީ ތިޔަބައިމީހުން ނައްތާ ލުމަށެވެ. މިފަދަ ވަޙީ ބަސްފުޅުތައް ދޮގުކޮށް ލޮލަށް ނުފެންނަ، އަޑުނީވޭ، އެގެން ބޭނުންނުވާ ބަޔަކަށް ތިބާމެން ތިވީ ކިއްވެހެއްޔެވެ.
އަންގަވާފައި އެވަނީ، މިއީ އެބައިމީހުންގެ ޙާލަތާއި ޙަޤީޤަތް ކަމުގައިވާއިރު ތިޔަބައިމީހުން އެބައިމީހުންނާ ރަޙްމަތް ތެރިކަން ތިފަދައިން ލާމެހިގެން ބާއްވާނީ ކިހިނެއް ހެއްޔެވެ؟
އަދިވެސް އަޑު އަހާށެވެ!

0 ﴿بَعْضُهُمْ أَوْلِيَآءُ بَعْضٍ ۚ﴾ ކާފިރުކަމާއި މަގު ފުރެދުމުގައި އެބައިމީހުން އެކައްޗަކަށް ވެފައިވާތީ، އެބައިމީހުން ތިބެނީ މުސްލިމުންނާ ދެކޮޅަށް އެކަތިގަނޑަކަށެވެ. ކާފިރުކަމަކީ އެއް މިއްލަތެކެވެ. އެބައިމީހުންނަކީ އެކުވެރިންނާއި ރައްޓެހިން ކަމުގައި ބަލައިގަންނަ މީހާ އެބައިމީހުން ފަދައެވެ. މާތް ﷲގެ ވަޙީބަސްފުޅަށް ނުކިޔަމަންތެރިވާ އަނިޔާވެރިޔާ އަށް ހެޔޮކަމާއި، ކާމިޔާބީއަށް އެކަލާނގެ ތައުފީޤު ނުދެއްވާނެއެވެ.ޔަގީން ކަށަވަރުވެ.
މިހާރުގެ ޢަރަބިންގެ ޙާލަތައް ބަލާއިރު އެމެރިކާ އާއި އިސްރާއީލް ބޭނުންވެއްޖެނަމަ އެގައުމެއް ފަރަންޖީނާއި ޙަވާލުކުރުން ނޫން ގޮތެއް ނެތެވެ. އޭ ޢަރަބި ވެރީންނޭވެ! ތިބާގެ ގޭގެ ސެކިއުރިޓީވެސް އަމިއްލަޔަށް ޑިފެންޑް ނުކުރެވޭވަރަށް ތިބާ ފިޑިވެ ގޮތް ހުސްވެއްޖެ ނޫންހެއްޔެވެ.
ތި ގެންގުޅޭ ޝަހާދަތުގެ ދެކަލިމައިގެ ދިދަ އަވަހަށް ފެހި ފޮތިގަނޑަކަށް ބަދަލު ކޮށްލުން ކިހިނެއް ވާނެތޯއެވެ!
ތިބާ މި މުސްލިމް އުންމަތް ލަދު ގަންނުވާލައިފިއެވެ.

Loading

One Response

Leave a Reply

ފަހުގެ އަޕްޑޭޓް