ބީއެމްއެލް ބޭންކު ފަންޑުގެ އެހީގައި ވޭމަންޑޫ ސްކޫލުގައި ސެން ކްލާސްރޫމެއް ޤާއިމުކޮށްފި

Loading

Facebook
Twitter
WhatsApp

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޭންކު ފަންޑުގެ އެހީގައި ތ. ވޭމަންޑޫ ސްކޫލުގައި ސެން ކުލާހެއް ތަރައްޤީކޮށްފިއެވެ

.

މިއީ މިދިޔަ އަހަރު ބޭންކު ފަންޑުގެ ދަށުން އެ ބޭންކުން އެހީ ދިން ވޭމަންޑޫ ޒުވާނުންގެ ގުޅުމުން ހިންގި މަޝްރޫއެކެވެ.

ބޭންކު ފަންޑުގެ އެހީގައި ވޭމަންޑޫ ސްކޫލުގައި ސެންސަރީ އަދި ވޮކޭޝަނަލް ކުލާސްރޫމެއް ތަރައްގީކޮށް މިހާރު ވަނީ ހުޅުވާފައެވެ.

“އެ ކްލާސް ތަރައްގީކޮށްފައި ވަނީ ދަރިވަރުންގެ ގާބިލުކަން އިތުރުކުރުމާއި، އެހެން މިހުންނާ ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދީ އެ ކުދިންގެ ތައުލީމީ ބޭނުންތަކަށް ބަލައިގެން“ ބީއެމްއެލުން ބުނެފައި ވެއެވެ.
ވޭމަންޑޫ ސްކޫލްގެ އަމާޒަކީ އެ ކްލާހުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ކެއްކުމާއި ފެހުން ފަދަ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ކްލާސްރޫމުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމެވެ.

ވޭމަންޑޫ ސްކޫލުގައި ތަރައްޤީކޮށްފައިވާ ސެން ކުލާހާއި ގުޅޭގޮތުން ވޭމަންޑޫގެ ޒުވާނުންގެ ގުޅުމުން ބުނީ މި މަޝްރޫއުގެ މައިގަނޑު މަޤްސަދަކީ އުގެނުމުގައި ހާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްޞަކުރެވޭ ކުލާހަކުން ތަފާތު ހަރަކާތްތައް ހިންގޭނެ ގޮތް ތަނަވަސްކޮށްދިނުން ކަމަށެވެ.

މި އަހަރުގެ މިހާތަނަށް ބީއެމްއެލުން ދެ ސްކޫލެއްގައި ސެން ކްލާސްތައް ތަރައްގީކޮށްފައިވެއެވެ.
އެއީ ހުޅުމާލޭގައި ހުންނަ ޞަލާޙުއްދީން ސްކޫލާއި، މާލޭ ހިރިޔާ ސްކޫލުގެ ސެން ކްލާސްރޫމްތަކެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް