”މަޢުރިފާ“ ގެ ނަމުގައި އިސްލާމިކް މިނިސްޓްރީން އިސްލާމީ ފޮތް މަޢުރަޒެއް ބާއްވަން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 26 އިން 28 އަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.
މި ފޮތް މައުރަޒުގެ މައުލޫއަކީ ’ފޮތްތެރިކަން – ބުއްދީގެ ކާނާ‘ އެވެ.
”މި މަޢުރަޒުގެ މަޤުސަދަކީ ފޮތް އުފައްދާ ފަރާތްތަކާއި ފޮތްވިއްކާ ފަރާތްތަކަށް އެ ފަރާތްތަކުގެ ފޮތްތައް ވިއްކުމުގެ ފުރުސަތު ހޯދައިދިނުމާއި ފޮތް ގަންނަން ބޭނުންވާ ފަރާތްތަކަށް އަގުހެޔޮކޮށް ފޮތް ގަތުމުގެ ފުރުސަތު ހޯދައިދިނުން“ މިނިސްޓްރީން ބުނެފައި ވެއެވެ.
މި މަޢުރަޒުން 15 ފަރާތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާއިރު ޖާގަ ދޫކުރުމަށް ހަމަޖެހިފައި ވަނީ ބައިވެރިވާން އެދޭ ތަރުތީބުން އެންމެ ފުރަތަމަ ކުރިމަތިލާ 15 ފަރާތަށެވެ.
![]()
