ކުޅުދުއްފުށިން ގެއްލިގެން ހޯދަމުން ދިޔަ ދުވަސްވީ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

Loading

Facebook
Twitter
WhatsApp

ހދ. ކުޅުދުއްފުށިން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން ދުވަސްވީ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުންގެ މިއަދު ބުނީ ގެއްލިގެން ހޯދަމުން ދަނިކޮށް ނިޔާވެފައި އޮއްވާ ފެނުނީ ހދ. ކުޅުދުއްފުށީ، ޖިފުޑީ/ ހަސަން މޫސާ 67އ ކަމަށެވެ.

ހަސަން މޫސާ މިއަދު ފަތިހު 5:00 ހާއިރު ގެއިން ނިކުމެގެން ދުވަން ދިޔަ ގޮތަށް ހަބަރެއް ނުވާކަމަށް 10:30 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

”އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ފާހަނަ ތެރޭގައި ވެއްޓިފައި އޮއްވާ ފެނިގެން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި“ ފުލުހުން ބުނެފައި ވެއެވެ.

އަދި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށާއި މީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަ ނެތް ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް