ކަޅާއި ހުދުގެ ކުލަ ހަނދާންތައް...

Loading

Facebook
Twitter
WhatsApp

ޒުވާނަކު އޭނާގެ ކާފައާ ސުވާލުކުރިއެވެ. މިހާރު މި ދެކޭ ކުރިއެރުންތަކާނުލައި ކާފަމެންގެ ޒަމާނުގައި ކާފަމެން ދިރިއުޅުނީ ކިހިނެއް ހެއްޔެވެ؟ އެ ޒަމާނުގައި…

ކޮންމެ ގެއެއްގައި ޓީވީއެއް ނުހުރެއެވެ.

އެއަރކޮންޑިޝަނަރެއް ނުހުރެއެވެ.

ކޮމްޕިއުޓަރެއް ނުހުރެއެވެ. 

ކޮންމެ ކޮންމެ މީހަކު ކާރެއް ނުގެންގުޅެއެވެ.

މޯބައިލް ފޯނެެއް ނުގެންގުޅެއެވެ.

އަދި ކީއްހެއްޔެވެ؟ އިންޓަރނެޓަކީ މީހުން ދަންނަވެސް އެއްޗެއް ނޫނެވެ.

ކާފަ ވަރަށް ހަރުދަނާކަމާއެކު ޖަވާބުދިނެވެ.

މިޒަމާނުގައި ކުދިން ތިޔަ އުޅެނީ ނޫންހެއްޔެވެ.

ނަމާދުކުރުމެއް ނެތެވެ.

މީހުންނަކަށް އިޙުތިރާމެއް ނުކުރެއެވެ.

އަނެކާއާ އަޅައިލައި، ހާލު ބެލުމެއް ނޯވެއެވެ.

ތެދުވެރިކަމެއް، އަމާނާތްތެރިކަމެއް ނުހުރެއެވެ.

ދަރިފުޅާއެވެ! ބުނަންހެއްޔެވެ؟

ކާފަމެންގެ ދިރިއުޅުން އޮތީ ވަރަށް އިންތިޒާމުކޮށް ރާވައިލެވިފައެވެ.

ކޮންމެ ދުވަހަކު ސްކޫލުން ދޭ މަސައްކަތް ނިންމަމެވެ. އެއަށްފަހު ކުދިންނާއެކު ކުޅެން ދަމެވެ.

ކާފަމެން ކުޅުނީ ގޭދޮށު އެކުވެރިންނާއެކުގައެވެ. ތިޔަކުދިން އިންޓަރނެޓަށް ވަދެ ތިޔަ ކުޅެއުޅޭހެން، ކާކުކަން ނޭނގޭ ބަޔަކާ އެކުގައެއް ނޫނެވެ. 

އެހެންއުޅެ ފެންބޮވައިގަތުމުން އެންމެ ކައިރީގައި ހުރި ގެއެއްގެ ތާނގީން ނުވަތަ ކޮންމެވެސް ވަޅަކުން ފެން ބޮނީއެވެ.

ކައިއުޅުނީ ހުރިހާ ކުދިން އެއް ތަށިންނެވެ.

ތަންތަނަށް ގޮސް އުޅުނީ ހިނގާފައެވެ.

އޭރު އަގުބޮޑު މޮޅު ކުޅޭ ތަކެއްޗެއް ނުލިބެއެވެ. ކާފަމެން ކުޅެ އުޅުނީ އަމިއްލައަށް ކުޅޭ އެއްޗެހި ހަދައިގެންނެވެ.

އޭރުގެ މައިންބަފައިން ފަގީރަސް، ސުމާރެއްނެތި ދަރިންނަށް ލޯބި ދިނެވެ.

ދަރިފުޅާއެވެ! ބުނަންހެއްޔެވެ؟

ދަރިފުޅު ތިޔަބުނާފަދަ ތަރައްގީއެއް އޭރު ނެތެވެ. އިންޓަރނެޓެއް، މޯބައިލް ފޯނެއް ނެތެވެ. 

ނަމަވެސް އާއިލާ އެންމެން ތިބީ ދުރުގައި ވިއަސް ގާތުގައެވެ. އެންމެންގެ ހާލު އަބަދުމެ އެނގެއެވެ.

އޭރު ގުޅައިގެން ދަޢުވަތު ނުދިނަސް އެކަކު އަނެކަކަށް ޒިޔާރަތް ކުރަމެވެ. އެ ގޭގޭގެ މީހުންނާއެކު ކެއުމުގައި ބައިވެރިވަމެވެ.

ތެެދުތެދަށް ބުނާނަމަ ކާފަމެންނަކީ އެންމެ ކާމިޔާބު ޖީލުގެ މީހުނެވެ. 

ކީއްވެކަން އެނގޭހެއްޔެވެ؟

އެންމެ ބޮޑު އަސްލަކީ މައިންބަފައިންނަށް ކިޔަމަންތެރި ވުމެވެ.

އެއަށްފަހު އާއިލާއާއި ރައްޓެހިންގެ މެދުގައި އޮތް ބަދަހި ގުޅުމެވެ.

އާނއެކެވެ!

ކާފަމެންގެ ހަނދާނަކަށް ހުރީ ކަޅާއި ހުދުގެ ފޮޓޯތަކެވެ.

މަދު އަދަދެއްގެ ފޮޓޯތަކެކެވެ.

ނަމަވެސް އެއީ ކުލަ ހަނދާންތަކެކެވެ.

މަސްދަރު: ފޭސްބުކް

ތަރުޖަމާކުރީ:(ޔާ)

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް