ކުޑަކުދިންނަށް ޖިންސީގޯނާކުރުން ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅައިފި

Loading

Facebook
Twitter
WhatsApp

ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ބޮޑު ކުށެއްގެ ގޮތުގައި ގާނޫނީ ގޮތުން ކަނޑައަޅައިފި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު އެ ގާނޫނު ތަންފީޒުކުރުމުގައި ގާނޫނީ ގޮތުން ދިމާވެފައިވާ ދަތިތައްހައްލުކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ބިލަށް މުހިންމު އިސްލާހުތައް ގެނެސް އެ ބިލު ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ އިއްޔެގައެވެ.

މި އިސްލާހުގެ ތެރޭގައި ”ޖިނާއީ ބޮޑު ކުށެއް“ ކަމުގައި ބުނެފައިވާ ކުށްތަކުގެ ތެރޭގައި ރޭޕްކުރުމުގެ ކުށާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށާއި ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގައި ކަނޑައަޅާފައިވާ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކުގެ ތެރެއިން ފަސް ލައްކަ ރުފިޔާއިން ފެށިގެން މަތިން ފައިސާ ހިމެނޭ ކުށްތައްވަނީ އިތުރުކޮށްފައެވެ.

ޖިނާއީ އިޖްރާއަތުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި ސަލާމަތީ ބާރުތަކަށް ވެސް ބޮޑެތި އިޚްތިޔާރުތަކާއި ބާރުތައް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

އެގޮތުން ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ތަހުގީގު ކުރަމުންދާ ޖިނާއި ކުށަކާއި ގުޅިގެން އާންމު ތަނަކަށް ވަންނަށް ޖެހިއްޖެ ހާލަތެއްގައި ކޯޓު އަމުރަކާއި ނުލައި އެތަަނަށް ވަނުމުގެ ބާރު ގާނޫނު ތަންފީޒުކުރާ ކޮންމެ އިދާރާއަކަށް މި ގާނޫނުން ލިބިދީފައި ވެއެވެ.

ޖިނާއީ ބޮޑެތި ކުށްތަކުގެ ގޮތުގައި ތެރޭގައި ހިމެނޭ ކުށްތައް:

ރ މީހަކު މެރުން

– ރޭޕްކުރުން

– ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން

– ޓެރަރިޒަމް ކުށްތަކާއި ޓެރަރިޒަމަށް ފައިނޭނސްކުރުމުގެ ކުށްތައް

– މަނީ ލޯންޑްރިންގ ކުށްތައް

– މީހުން ޓްރެފިކް ކުރުމުގެ ކުށްތައް

– މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށްތައް

– އެއްކައްކަ އަށްވުރެ މަތީ ފައިސާގެ އަދަދު ހިމެނޭ ކުށްތައް

– ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތައް

– ރިޝްވަތުގެ ކުށްތައް

ބޮޑެތި ކުށްތަކުގެ ގޮތުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ޖިނާއީ އިގުރާއަތުގެ ގާނޫނަށް ގެނައުމަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދުއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަ ތައް ހުށަހެޅޭ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުން ދާއިރު، މިފަދަ މައްސަލަ ތަކގައި ސަރުކާރުގެ މުއައްސަސާތަކުން އިހުމާލު ވަމުންދާކަމަށް ބުނެ ގިނަ ބަޔެއްގެ ފާޑުކިޔުން ތައް ސަރުކާރަށް އަންނަނީ ކުރިމަތިވަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް