ހަންޏާސް ވިމެންސް ފުޓްސަލް ކަޕް ކާމިޔާބު ކަމާއެކު ނިންމާލައިފި، ޗެމްޕިއަންކަން ޓީމް އަސުރުމާއަށް!

Loading

Facebook
Twitter
WhatsApp

ހަންޏާސް ވިމެންސް ފުޓްސަލް ކަޕް 2023 ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މި މުބާރާތަކީ، އދ. ހަންޏާމީދޫގެ ކްލަބް ޖަމިއްޔާއެއްކަމަށްވާ ”ހަންޏާސް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް“ގެ ފަރާތުން އިންތިޒާމުކޮށްގެން އެ ރަށުގެ އަންހެނުންނަށް ހާއްސަކޮށްގެން މި އަހަރުގެ ފިތުރު އީދު ދުވަހާ ދިމާކޮށް ބޭއްވި މުބާރާތެވެ. މިއީ ހަންޏާމީދޫގައި އަންހެނުންނަށް ހާއްސަކޮށްގެން ބޭއްވި މިފަދަ ފުރަތަމަ މުބާރާތެވެ. މި މުބާރާތުގައި ޖުމްލަ 45 ކުޅުންތެރިން ބައިވެރިވެފައިވެއެވެ.

ވަޅު އީދު ދުވަހު ހަވީރު ފެށި މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްގެންގޮސްފައިވަނީ ޕޮއިންޓް އުސޫލުން އެންމެ މަތިން ޕޮއިންޓް ލިބޭ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.

މުބާރާތުގެ މެޗުތަކުގެ ނަތީޖާ:

ޓީމް ބްލޮވްސަމް 2-0 މައިޒާ
ޓީމް އަސުރުމާ 3-1 ޑީވަސް
ޓީމް އަސުރުމާ 0-0 ގުރަހަ
ޑީވަސް 3-0 މައިޒާ
ގުރަހަ 2-1 ޓީމް ބްލޮވްސަމް
ޓީމް އަސުރުމާ 1-0 މައިޒާ
ޓީމް ބްލޮވްސަމް- 3-2 ޑީވަސް
ގުރަހަ 1-0 މައިޒާ
ޓީމް އަސުރުމާ 2-0 ޓީމް ބްލޮވްސަމް
ޑީވަސް 1-0 ގުރަހަ

މުބާރާތުގެ ފައިނަލް މެޗުގައި ވާދަކޮށްފައިވަނީ ޓީމް އަސުރުމާ އަދި ގުރަހައެވެ. މިރޭ ކުޅެވުނު ފައިނަލް މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ޓީމް އަސުރުމާއެވެ. އަސުރުމާގެ ގޯލްތައް ޖަހައިދީފައިވަނީ، އަސުރުމާގެ ނައުޝީން އަހުމަދު ނަސީމާއި އައިމިނަތު ޝަހީމާއެވެ. ފައިނަލް މެޗު މޮޅު ކުޅުންތެރިޔަކީވެސް ނައުޝީންއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން:
އީނާ ނިމާލް – ޑީވަސް
އައިޝަތު ދީނާ ވަސީމް – ޓީމް އަސުރުމާ
އައިމިނަތު ހަސަން – ޓީމް އަސުރުމާ
އައިޝަތު ފާއިދާ – ގުރަހަ
މަރިޔަމް ނާއިފާ – ގުރަހަ

މުބާރާތުގެ އެންމެ ގިނަ ގޯލް ޖަހައިފައިވަނީ އަސުރުމާގެ އައިޝަތު ދީނާ ވަސީމާއި ޑީވަސް އީނާ ނިމާލެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީމް އަސުރުމާގެ އައިޝަތު ދީނާ ވަސީމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް