ރައީސް ޔާމީންގެ މައްސަލަ އިސްލާހު ކުރެއްވުމަށްފަހު ހައިކޯޓަށް ހުށަހަޅުއްވައިފި

Loading

Facebook
Twitter
WhatsApp

އަންނަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ކަމުގައި ކަނޑައަޅާފައިވާ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް 11 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމުގެ އިސްތިއުނާފު އިސްލާހު ކުރެއްވުމަށްފަހު ހައިކޯޓަށް ހުށަހަޅުއްވައިފިއެވެ.

ވ.އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ރިޝްވަތު ހިފުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާއެވެ. އެ ދެ ދައުވާ ސާބިތުވާކަމަށް ނިންމަވައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަޙްމަދު ޝަކީލް ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވެވީ މިދިޔަ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ.

އެއީ ނުހައްގުން އިއްވެވި ހުކުމެއް ކަމަށް ބައްލަވައި ރައީސް ޔާމީންގެ ގާނޫނީ ޓީމުން ދަށު ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރެއްވީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.

ނަމަވެސް އޭގެ 16 ދުވަސް ފަހުން މި މަހުގެ ނުވަވަނަ ދުވަހު ހައިކޯޓުން ރައީސް ޔާމީންގެ ވަކީލުންނަށް އެންގެވީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށާއި, މައްސަލައިގެ އިސްތިއުނާފު ފޯމު އިސްލާހުކުރެއްވުމަށްފަހު އަލުން ހުށަހެޅުއްވުމަށެވެ.

ހައިކޯޓުން އެންގެވީ އެ މައްސަލައަކީ އެއް ރިޕޯޓުން ނިންމި ދެ ގަޒިއްޔާ ނަމަވެސް ގަޒިއްޔާގެ އިސްތިއުނާފު ފޯމު ވަކިން ފުރިހަމަކުރައްވާފައި ހުށަހެޅުއްވުމަށެވެ.

އިސްތިއުނާފު ފޯމު އިސްލާހު ކުރެއްވުމަށްފަހު ގާނޫނީ ޓީމުން އަލުން އެ މައްސަލަ ހުށަހެޅުއްވީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

އެހެންނަމަވެސް ހައިކޯޓުން އަނެެއްކާވެސް ބައެއް ކަންކަން އިސްލާހު ކުރެއްވުމަށް އެންގެވުމުން އެ ކަންކަން އިސްލާހު ކުރެއްވުމަށްފަހު ރޭގެ ވަގުތެއްގައި ވަނީ މައްސަލަ ކޯޓަށް ހުށަހަޅުއްވައިފައެވެ.

ވަގުތީ ގޮތުން އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޢަބްދުއްރަޙީމް ވިދާޅުވީ ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ލަސްކުރެވެން އޮތް ހުރިހާ ފޯމިއުލާއެއް ބޭނުންކުރައްވައިގެން, އެ މައްސަލަ ލަސްކުރުމަށް ސަރުކާރުން ނުފޫޒު ބޭނުން ކުރައްވަމުންދާ ކަމަށެވެ.

ރައީސް ޔާމީންގެ މައްސަލައަކީ ވަރަށް ގިނަ ރައްޔިތުންގެ މަސްލަހަތު އޮތް މައްސަލައެއް ކަމަށްވާތީ އަދި ހަމައެހެންމެ އެމަނިކުފާނަކީ މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ކަމަށްވާތީ މި މައްސަލައަށް ޚާއްސަ އިސްކަމެއް ދީގެން އަވަހަށް ނިންމަންޖެހޭކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

Loading

One Response

  1. MissrukaarakI varah heelaiytheri makaruveri ehaame RY ah hasdhaveri sarukaareh,
    RY ge shareeaiy dhie gothun ves varah saafu kon ekan engey, thi shareeathuge isthiunaafu dhuvahakuves ves islaahu Koh nunimeyne, riyaasee inthikhaabu nimendhen islaahu kuruva hurihaa thibeynee,
    RY ge kusheh noon raees Iburaahimah gaumuge verikan kuran neyngumakeee.!!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް