ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ޖޭޕީން ނިންމައިފި

Loading

Facebook
Twitter
WhatsApp
ޤާސިމް އިބްރާހިމް. ފޮޓޯ: ޖޭޕީ

އަންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް އެ ޕާޓީގެ ކައުންސިލުގެ އިއްތިފާގުން ފާސްކޮށްފިއެވެ.

ޖޭޕީގެ މައި މަރުކަޒުކަމަށްވާ މާފަންނު ކުނޫޒުގައި މިއަދު ހަވީރު ބޭއްވި އެ ޕާޓީގެ ކައުންސިލު ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކުރީ އެ ޕާޓީން ކެންޑިޑޭޓަކު ނެރެ, ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކާއެކު އިންތިޚާބު ކާމިޔާބު ކުރުމަށެވެ.

“ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނެއްގެ ތެރެއިން ވާދަކުރުމަށް ޕާޓީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައި ވަނީ ނިންމާފަ. މި ނިންމުން ނިންމާފައިވަނީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން.“ ޖޭޕީން ބުންޏެވެ.
މިއަދު ބޭއްވި ޖޭޕީގެ ކައުންސިލު ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ނިހާން/ޓްވިޓާ

ޖޭޕީން މި ނިންމުން ނިންމާފައިވާއިރު, އެމަނިކުފާނާއެކު ކޯލިޝަން ހެދުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ އެދިވަޑައިގެންފައެވެ.

މި ނިންމުމާއެކު ޖޭޕީގެ މޯހިރު މައްޗަށް އަރައި އިންތިޚާބަށް ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކަށް ވަނީ އެ ފުރުސަތު ހުޅުވާލައިފައެވެ.

ބެލެވޭ ގޮތުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވި ރައީސް މުޙައްމަދު ނަޝީދުގެ “ފިކުރެއްގެ ދިރުން“ ހަރަކާތުން ތާއީދު ކުރާނީ ޖޭޕީއަށެވެ. މީގެއިތުރުން ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ މޯލްޑިވްސް ރިފޯމް މޫވްމަންޓުން ވެސް ތާއީދުކުރާނީ ޤާސިމަށް ކަމަށް ބެލެވެއެވެ.

މާޒީގައި ކަން ހިނގި މަގަށް ބަލާއިރު ދެން ވެސް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ޤާސިމެވެ. ނަމަވެސް އެކަން އަދި ފައިނަލެއް ނުކުރެއެވެ

އާ ޤާނޫނު އަސާސީ އުފަންވި ފަހުން ބޭއްވި ކޮންމެ ރިޔާސީ އިންތިޚާބެއްގައި ވެސް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޤާސިމް ނުކުންނަވައެވެ. އެ ގޮތުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ޖޭޕީގެ ކެންޑިޑޭޓަކަށް ހަމަޖައްސާފައިވަނިކޮށް އޭރު ސިޔާސީ މަސްރަހު އޮތް ގޮތުން ފަހުން ނިންމެވީ ޕާޓީތަކާ އިއްތިހާދުވެ އިބްރާހިމް މުޙައްމަދު ޞާލިޙް ވެރިކަމަށް ގެންނެވުމަށެވެ.

ސިޔާސީ މަސްރަހު އޮތް ގޮތަށް ބަލާއިރު މިހާތަނަށް ރައީސް ޞާލިޙަށް ބައިއަތު ހިފީ އަދާލަތުންނާއި އެމްޑީއޭއިންނެވެ. އެމްއާރްއެމްއިން ވެސް ޤާސިމަށް ތާއީދު ކުރާނެ ކަމަށް ބެލެވޭއިރު ރައީސް ޞާލިޙާއެކު ނިކުންނާނެ އިތުރު ޕާޓީއެއް ދެން އޮތް ކަމަކަށް ނުބެލެވެއެވެ.

2018 ގައި އެކުލަވައިލި އިއްތިހާދުގެ އިސް ވެރިން. ފޮޓޯ: އަވަސް

ރިޔާސީ އިންތިޚާބުގައި ޕީޕީއެމް ވާދަކުރާނީ ވަކިންނެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމެވެ. ނަމަވެސް ދަށު ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމާއެކު އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ވަނީ ހަނިވެފައެވެ. އެހެންވެ އެ ހުކުމް ބާތިލުކުރުމަށް މިހާރު ވަނީ ހައިކޯޓަށް ހުށަހަޅައިފައެވެ.

ރާއްޖޭގެ އެންމެ ހަގު ސިޔާސީ ޕާޓީން ވެސް ވަނީ އިންތިޚާބުގައި ވާދަކުރަން ނިންމައިފައެވެ. އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓަކީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ޑފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމެވެ. ނަމަވެސް ނާޒިމަށް އިންތިޚާބު ކާމިޔާބު ކުރެއްވެވޭނެ ކަމީ މުސްތަހީލު ކަމެކެވެ.

Loading

3 Responses

  1. ނަހުލާވެސް ދެންތިބި ޖޭޕީގެ މިނިސްޓަރުންވެސް މިހާރުން މިހާރަށް ސަރުކާރުން ބޭރުކުރާށެވެ. އެއް ޓީމެއްގައި ދެކޮޅަށް ކުޅޭ މީހުން ތިބީމާ ޓީމަށް ލިބޭނީ ފޫނުބެއްދޭވަރުގެ ގެއްލުމެވެ.

  2. މުސާރު ކުދިންކޮޅު އެކުގައި އަތް ނެންގުވީކަމަށް ބެލެވޭނީ. އެކަކުނަމަވެސް އަތްނުނެގިނަމަ އޯކޭ އޭ ބުނެވުނެވިދާނެއެވެ. ގާސިމަށް މިހާރުގެ ޙާތލަތާއި ބަލާފަ މިދައުލަތް ނުހިންގޭނެއެވެ. މިހާރު އިބޫވެސް އެ ހިންގާހެން ބޮޑުވަރިހަމައިގާ ތެޅުވިދާނެއެވެ. ހުރިހާ ނިކަމެތިކަމެއް ރައްޔަތުމީހާއަށެވެ. ރައްޔަތުން މިގޮތައް ކޮންމެ މީހަކާވެސް އޭނާގެ އޮޑި ޙަވާލުކުރަން ތިބިއްޔާ އަފުރެމެން ކުރާނެ ކަމެއް ނެތެވެ. އަފުރެން ހަމަ ޔަގީނުންވެސް ވޯޓް ދެނީ ކުރިމަތިލާ މީހުންގެ ތެރެއިން މި އިސްލާމީ ގައުމު ހިންގޭފަދަ އެންމެ ތަޢުޅިމީ ތަޖުރިބާކާރު މީހަކަށެވެ.

  3. މަޓީ އިން ތިގޮތް އޯކޭބާ؟ ސަން ސިޔާމު އޭނަގެ ސަޕޯޓަރުން ކައިރީ ބުނީ މަޓީ އިން ބޭނުންވަނީ އިބޫ އަށް ތާއިދު ކުރުމަށްޓަކާކަމަށެވެ. އެހެންވެ ސިޔާމު ރައީސްކަމަށް ހޮވޭނެކަން އެނގޭއިރުވެސް މަޓީ އާއި އިންޑިޔާގެ އެދުމަށް އިބޫ އަށް ދެވަނަދައުރެއް ހޯދަދޭން ޖެހުނީ ކަމަށެވެ. ހީވޭ ކަމެއްހެން. ރައީސްގެ ގޮނޑިވެސް މަޓީ އާއި އިންޑިޔާ ބޭނުންވާތީ އެދޫކޮށްލެއްވީ އިބޫ އަށެވެ. ސިޔާމުގެ އަމިއްލަ އެދުން ނެތި އެދެއްކެވީ ކިހާ ރީތި މިސާލެއްތޯއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް