މުޙައްމަދު ނަޝީދު އެމްޑީޕީގެ ރައީސް އޭނާގެ ފުލް ”ގޭންގް“ ރޮޒޭ އާއި ޖައްސާލާ ބިރުދައްކަމުން ދާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އޭނާގެ ޓްވިޓްގައި ބުނެފިއެވެ.
އެމްޑީޕީ ތެރޭގައި އުފެދިފައިވާ ރައީސް ސޯލިޙު އާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އެޕާޓީގެ ރުޙާނީ ލީޑަރ، ނަޝީދުގެ ފެކްޝަންގެ ކޯޅުން ބޮޑުވެ އެއްބަޔަކު އަނެއް ބަޔަކަށް ދަނީ ބަހުގެ ޙަމަލާތަށް ދެމުންނެެވެ. އަދި މަޖިލިސްގައިވެސް އެދެފެކްޝަނުން ދަނީ އިންތިހާއަށް ދެބައިމީހުންގެ އަބުރުކަތިލަމުންނެވެ.
އެންމެފާހަގަ ކޮއްލެވޭ ކަމަކީ އަޚުލާގި މިންގަނޑު ހިފޭއްޓުމަށް ދެފެކްޝަނުންވެސް މަސައްކަތް ކުރާކުރުމެވެ. މިސާލަކަށް، ކުނި ފުޅަ އާއި ޙަޔާތް ގޮވާއިރުވެސް ފެށުމުގެ ކުރިން ނުވަތަ ނިންމާލުމުގެ ކުރިން ޢިއްޒަތްތެރި މެމްބަރޭ ބުނެއެވެ.
ރަތްކާޑު ދަށްކަމުންދާ މިދެފެކްޝަންގެ ތޮޅުމުގައި ރައީސް ނަޝީދަށް ތާއިދު ކުރާ ފެކްޝަންގެ މެންބަރުންނާއި ރައީސް އުބޫ އަށް ތާއިދުކުރާ ފެކްޝަންގެ ރޮޒެއިނާއާއި ދެމެދު ވަނީ ބަހުގެ ހޫނު ޙަމަލާތަކެެއް ދީފައެވެ.
އަދި އެފަރާތްތަކުން މިހާރު ވަނީ ރޮޒޭނާއާއި ދެކޮޅަށް މީސް މީޑިއާގައި ވަރުގަދަ ކެމްޕޭނެއް ފަށައިގެން ކުރިއަށްދާތަން އެބަފެނެއެވެ. ހަމަ އެހެންމެ ރޮޒޭނާގެ ފަރިތަ ދުލައް އައިހާ އެއްޗެއް ނަޝީދުއާ ދިމާލަށް ގޮވަމުން ދާތަން މީޑިއާއިން ގެންނަމުން އެބަ ދެއެވެ.
ރޮޒެެއިނާ ޓުވިޓްގައި ލިޔެފައިވަނީ ރައީސް ނަޝީދުގެ މުޅި ގޭންގް އޭނާއާއި ޖައްސާލަން ފޮނުވަމުންދާ ކަމަށާއި ނަޝީދުގެ ބޭނުމަކީ އޭނާޔާއި ދެކޮޅަށް ތެދުވާ ކޮންމެ މީހަކަށް ”ވާނެ“ ގޮތް ދައްކާލުން ކަމަށެވެ. އަދި ނިރުބަވެރި ޙަމަލާއެއް ދީފާނެކަމުގެ ބިރު ދައްކައިގެންވެސް ތިމަންނާ ނުހުށްޓުވޭނޭ ކަމަށެވެ.
އެގޮތުން ސޯޝަލް މީޑިއާގައި އެމީހަކަށް ފުރައްސާރަ ކުރުމާއި ބުލީ ކުރުން ފަދަ ކަންކަން ކުރަނީ ނަޝީދާއި ދެކޮޅަށް އިތުރު މީހަކަށް ތެދުވަން ނުކުރެވޭ ވަރު ކުރުމުގެ ގޮތުން ކަމުގައެވެ.
ރޮޒެއިނާ ވަނީ އެފަދަ ކަންކަން ކޮށްގެން އޭނާ ނުހުއްޓުވޭނެ ކަމަށާއި ރައީސް ނަޝީދު ދެކެ ބިރު ނުގަތުމަށް ގޮވާލައްވާފައެވެ. ރޮޒެއިނާގެ މިކެރުމަކީ ޑީއާރޕީގައި ހުރެގެން ތަސްމީނުގެ ސައިޑް ނަގައިގެން އެޕާޓީގެ ޒަޢީމު ރައިސް މައުމޫނު އާއި މެދުވެސް ކަންކުރި ނޭއްގާނި ގޮތް ކަމުގައި ނަޝީދުގެ ފެކްޝަނުން ބުނެއެވެ.
މިހާރު އިބޫފެކްޝަންގެ ”އަނގަފޮށްޓަށް“ ވެގެން ޕާޓީގެ ރައީސް ނަޝީދާއި ދިމާކޮށްލައިގެން ލަދެއްޙަޔާތެއް ނެތި އެތެޅެނީ އޭނާގެ ފިރިމީހާ ނާނުއަށް ރެޒޯޓެއްހެދުމަށް ރީތިރަށެއް ބިޑްކުރުމެއް ނެތި ލިބިދީ އަދި އިންޑިއާ އިންވެސްޓަރަކުވެސް ހަމަޖައްސައި ދީފާވާތީކަމަށެވެ. އެމްޑީޕީ ބައިބައިވުމަށް ނެދޭ ޕާޓީގެ ފައުންޑިން މެމްބަރަކު ނަންހާމަކުރަން ބޭނުންނުވެ ކިޔައިދިނެވެ.
މިބޮޑު އިލްޒާމައި ގުޅިގެން ރައީސް ނަޝީދު ވަކި އެއްޗެއް އަދިބުނެފައެެއް ނުވެއެވެ. ރޮޒެއިނާ އެބުނާފަދަ ނުރައްކާތެރި ގޭންގް ލީޑަރަކު ދިވެހިރާއްޖޭގެ ތިންބާރުން އެއްބާރުގެ ވެރިޔާގެ ގޮތުގައި ހުންނަވައިގެން ގައުމު ހިންގުމަކީ ބިރުވެރިކަމެކެވެ. މިޢިލްޒާމުތަކަށް ރޮޒެއިނާ ޖަވާބުދާރީ ކުރުވަން ޖެހެއެވެ.
4 Responses
ރޮޒޭނާ ތިޔަބުނީ ވަރަށްބޮޑު ތެދުހަގީގަތެއް އަންނިއަކީ ގޭންގެއްގެ ބޮޑެއް އަދި ގޭންގުތަށް ހިންގަނީވެސް ހަމައަންނި ވަރަށް ވަރަށް ސާފް
ބޫލުކުރެވެނީ އިބޫގެ މަޑުމައިތިރި ސިޔާސަތުގެ ދަށުން ރޮޒޭނާ ލައްވާ ކުރަށްވާކަމެއެހެނެވެ. އެހެނަސް ތިގޮތައް އަންނި ޕާޓީންބޭރުކޮށްލަން ހިފައިގެން ހަމަ 2023 އަތަށް ގޮވާނީއެވެ. އެހެނީ އޮޑި ހައްސަ ބާނަން ފެށީމާ އޮޑިއަށް މަރުދީގެން އަރައިގެން އުޅޭ ބައިގަނޑަކީ ކުލީ ސިފައިން ކަހަލަ ބައެކެވެ. އޮޑިދެކެ އެއްވެސް ކުލުނައެއް ލޯތްބެއްް ނުހުންނާނެއެވެ. ހަމަ އެހެން އޮޑިއެއް ހައްސަބާނާތަން ފެނުނީ އެ އޮޑިއަށް ފުންމާލާނެއެވެ. ރޮޒޭ ދެން މާ ގޮތްކުޑަވީއެވެ. އިބޫ މަންފާތަކެއް ހޯދަ ދިނަސް އެމްޑީޕީ ފުނޑާލުމަކި ގައުމަށްވެސް ރަނގަޅުގޮތެއް ނޫނެވެ. ތި ހިންގާލާ ބައިގަނޑު 2023 ނުލިބިއްޖެއްޔާ އޮޑި ދޫކޮށް ފިލާނެއެވެ. ދުވަސްކޮޅަކު ބޭރުގައި ހުރެފާ މޫސަ ހެދިހެން ދެން ހައްސަ ބާނާ އޮޑިއަކަށް ކޮންޓްރެކްޓް އުސޫލުންވެސް އަރާނެއެވެ.
އަލިފާނުގެ އަސަރުހުރެގެން ދުންއަރާނީ. މިބައިމީހުންނަށް އެކަކު އަނެކަކު އެހާރަނގަޅަށް އެނގޭއިރު ހަމަ ހިތައް އަރާއިރަށް ބޭޒާރު ކޮށްލާކަށް ވެސް ނުވާނެ. މާދަމާ ފަހަތު ގިއަރަށް ލާންވެސް ޖެހިދާނެ. ސިޔާސީ މައިދާނުން އެންމެ ގިނައިންފެންނަމުންދާ މަންޒަރު.
ޅަދު ހަޔާތްކުޑަ އަންހެނުން ދެކެން މިވަތުގެ ޙަޔާތެއްނެތް ޢަންހެނަކާ ދިމާނުވޭ މީނަގެ އޮންނަނީ ޢެފަހަރަކު ޥައިޖެހޭ ކޮޅަކަށްދުއްވުން