ގެއެއްގެ ތެރޭ ބަހައްޓާފައި ހުރި މަސް ޓޭންކަކުން ކުޑަކުޑަ ހަތަރު މަސް ވަގަށް ނެގި މީހަކު ހަތަރު މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމން ކޮށްފިއެވެ.
މިއީ މިދިޔަ އަހަރު ގދ. ތިނަދޫގައި ހިނގި ކަމެކެވެ. އެ ދައުވާ ސާފުކޮށްދެމުން ދައުލަތުން ބުނެފައިވަނީ މަސް ޓޭންކަކުން ވަގަށް ނަގާފައިވަނީ ތިން އިންޗި ހުންނަ ވަރުގެ ހަތަރު މަސް ކަމަށާއި އެއީ ދެ ކެމެޓާއި އެއް ކާބާއި އެއް ގްރާމް ކަމަށެވެ.
ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ވައްކަން ކުރުމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލައިގެ އިބްތިދާއީ މަރުހަލާގައި އޭނާ ވަނީ ކުށަށް އިއުތިރާފުވެފައެވެ. އަދި އަވަހަށް މައްސަލައި ނިންމައިދިނުމަށާއި ޖޫރިމަނާގެ އަދަބެއް ދިނުމަށް އެދިފައިވެއެބެ.
އެކަމަކު، ހުކުމުގައި ވާގޮތުން ޝަރީއަތުން ބެލި ބެލުމުން ވަނީ އޭނާ އަކީ ޖޫރިމަނާ ދެއްކުމުގެ ގާބިލްކަން ހުރި މީހެއް ނޫނެވެ. އެގޮތުން، ”ވިލި އުފާ“ ކިޔާ ތަނެއްގައި ވަޒީފާ އަދާކުރާ މީހެއް ކަމުގެ ލިޔުމެއް އޭނާގެ ފަރާތުން ޝަރީއަތަށް ހުށަހެޅި ނަމަވެސް ދައުވާ ލިބޭ މީހާއަކީ ޑްރަގް ކޯޓުގެ ހުކުމެއްގެ ދަށުން ގޭބަންދުގައި ހުންނަން ޖެހޭ މީހެކެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކުރީ އޭނާގެ މައްޗަށް ވައްކަން ކުރުމުގެ ކުށް ޝައްކެއް ނެތް މިންވަރަަށް ސާބިތުވާތީ، ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގަށް އޭނާ 16 ދުވަހަށް ބަންދުގައި ހުރެފައިވާތީ ތަންފީޒު ކުރަން ޖެހޭނީ ހަތަރު މަހާއި އަށް ދުވަހުގެ ޖަލު ހުކުމެކެވެ.
One Response
Yaqeen 4 Mas dhuvahu hama jalugai thi meehaa hunnaanee. Sarukaarun hadhaane deal eh noonnaane. Petty theives a matter for Ibu but not mega thieves who rob the state. M