ޔޫކްރޭންގެ ސެންޓްރަލް މިލިޓަރީ ކޮމާންޑް އާ ވަވާލާ ދީ ޓައިމްސް އޮފް އިންޑިޔާއިން ޚަބަރުދޭ ގޮތުގައި ރަޝިޔާގެ ފައުޖް ތަކުން ޔޫކްރޭންގެ ފަސް އެއާޕޯޓަކަށް ހަމަލާ ދީފައި ވެއެވެ. އަދި ޚާކިވް މިލިޓަރީ އެއާޕޯޓްގައި ރޯވެ އަދަމުންދާކަމަށް އެފަރާތުން ޚަބަރުދެއެވެ.
ފަތިހު ފެށިހަމަލާތަކާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ދަނީ ރަށުންފޭބުމަށް މަސައްކަތް ކުރަމުންނެވެ.ދަތުރު ކުރަން ބޭނުން މީހުންގެ ކިއުތައް ދިގުވެ ބައެއް ޕެޓްރޯލް ވިއްކާތަންތަނުން ތެޔޮހުސްވެ ބަންދުކުރަން ޖެހިފައިވެއެވެ. އޭގެ އިތުރުން ރަށުގަ ތިބެންމަޖްބޫރުވެފައިވާ ވީހުންވެސް ކާބޯތަކެތި ގަޑުމަށްޓަކާ ދަނީ ސުޕަމާކެޓް ތަކަށް ޖަމާވަމުންނެވެ.
އަދި ފައިސާ ނަގަން އުޅުނު މީހުންގިނަ ކަމުން ބައެއް އޭޓީއެމްތަކުން ވެސްފައިސާ ހުސްވެ ބަންދު ކުރަން ޖެހިފައިވެއެވެ.
ބީބީސީގެ ރިޕޯޓަރު ބުނި ގޮތުގައި ޔޫކްރޭން ގެ ރައްޔިތުންގެ ކަންބޮޑުވުމަކީ ކަރަންޓް ނުލިބި ތިބެންޖެހިދާނެތީ ކަމަށް ވެއެވެ. އަދި އިންޓަރނެޓް ކެޑިދާނެތީވެސް އެމީހުން ވަރަށް ކަންބޮޑުވެއެވެ.އަނެއްބިރަކީ ޔޫކްރޭންގެ އީސްޓް އަދި ވެސްޓް ގުޅުވާދޭ ބްރިޖްއަށް ބޮންއަޅާ ބްރިޖް ހަލާކޮލަފާނެތީ އެވެ.
ރޭލުތައް އަދި ދަތުރު ކުރިނަމަވެސް ސީޓެއް ލިބޭތޯ ދިގު ކިއުވަނީ ދަމާލާފައެވެ. މާޝަލް ލޯ ހިންގާފައި ވުމާއެކު ޔޫކްރޭންގެ ”އެއާ ސްޕޭސް“ ނުވަތަ ވައިގެ ސަރަހައްދު ވަނީ ބަންދުވެފައެވެ. އެހެން ކަމުން ވައިގެ ދަތުރު ފަތުރުވެސް ވަނީ ހުއްޓިފައެވެ.
ތިންފަރާތުން ސިފައިން ވަންނަމުން ދިއުމާއެކު މިހާރު ޔޫކްރޭންގައި ވަކި ފިލަންދާނެ ރައްކާތެރި ތަނެއް ނެތްކަމަށް ބީބީސީގެ ރިޕޯޓަރު ބުނެއެވެ.ރަޝިޔާ ސިފައިން ހަމަލާ ދެނީ ހަމަ އެކަނި މިލިޓަރީ ތަންތަނަށް ނޫންކަމަށާ ބައެއް ރެސިޑެންޝަލް އިމާރާތް ތަކަށް ވެސް ހަމަލާ ދެމުންދާކަން ފޮޓޯތަކާ ވީޑިއޯ ތަކުން ހާމަވެއެވެ.