ތިމާވެއްޓާބެހޭ ބައިނަލް އަގްވާމީ ޖަމިއްޔާއެއްގެ މެންބަރަކަށް ވުމަށް މަޖިލީހުގެ ލަފާހޯދުމަށް ނިންމައިފި

Loading

Facebook
Twitter
WhatsApp

 

 

ތިމާވެއްޓާބެހޭ ބައިނަލް އަގްވާމީ ޖަމިއްޔާ އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަވޭޝަން އޮފް ނޭޗަރ (އައިޔޫސީއެން)ގެ މެންބަރަކަށް ދިވެހިރާއްޖެ ވުމަށް ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް އެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ އައިޔޫސީއެންގެ މެންބަރަކަށް ރާއްޖެ ވުމަށް މަޖިލީހުގެ ލަފައަކަށް ހުޅަހެޅުމަށް ރައީސް ސާލިހު ނިންމެވވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެންވަޔަރަންމަންޓް މިނިސްޓްރީން އިން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށެވެ.

އައިޔޫސީއެން އަކީ މެމްބަރޝިޕް އުސޫލުން ގައުމުތަކުގެ ސަރުކާރާއި މަދަނީ ޖަމިއްޔާތައް ހިނެމެނޭގޮތަށް އުފައްދާފައިވާ ތިމާވެއްޓާބެހޭ ބައިނަލްއަގްވާމީ އެންމެ ބޮޑު އެއް ޖަމްއިއްޔާއެވެ. މި ޖަމިއްޔާގައި ދުނިޔޭގެ 91 ގައުމުން ދައުލަތެއްގެ ހައިސިއްޔަތުން ބައިވެރިވެފައިވާއިރު 170 ގައުމުން 1400 އަށްވުރެ ގިނަ ޖަމްއިއްޔާ ޖަމާއަތްތަކުން ވަނީ ބައިވެރިވެފައެވެ.

މި ޖަމިއްޔާއަކީ ދުނިޔޭގެ ގުދުރަތީ މާހައުލާއި އެ މާހައުލުގައިވާ ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި ގިނަ މަސައްކަތްތަކެއް ކުރަމުންއަންނަ ޖަމިއްޔާއެކެވެ.

އޭގެތެރޭގައި ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމުގައި މިހާތަނަށް ގިނަގުނަ މަސައްކަތްތަކެއް އެ ޖަމިއްޔާއިން ވަނީ ކޮށްފައެވެ.

ރައީސް އޮފީހުން ބުނީ ދިވެހިރާއްޖެއިން އައިޔޫސީއެން ގައި ބައިވެރިވުމުގެ ސަބަބުން ދުނިޔޭގައި ދިރޭތަކެއްޗާއި މާހައުލުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ އެކިއެކި ފަރާތްތަކާއެކު ގުޅުން ބަދަހިކޮށް ”ޕާޓްނާޝިޕް“ ތައް ގާއިމުކުރުމަށް މަގުފަހިވެގެންދާނެކަމަށާ އަދި  އެކިއެކި ނެޓްވަރކްތަކަށް ތައާރަފުވެވި އޭގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އދި މީގެ އިތުރުން ދިރޭތަކެއްޗާއި އެތަކެތީގެ މާހައުލު ހިމާޔަތްކޮށް ބެލެހެއްޓުމުގައި ރާއްޖޭގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ވެސް އައިޔޫސީއެންގެ ސަބަބުން ފުރުސަތު ލިބިގެންދާނެކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރާއްޖެއިން މީގެ ކުރިން ކުރިއަށް ގެންގޮފައިވާ ބައެއް ޕްރޮޖެކްޓް ތަކުގައި އައިޔޫސީއެން އިން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި އަލަށް ދުނިޔެއިން ނެތިދުމުގެ ބިރު ހީވެފައިވާ މެންގްރޫގެ ބާވަތެއް ރާއްޖެއިން ފެނުނުނީ ވެސް އައިޔޫސީއެން އާ އެކު ރާއްޖެއިން ކުރިއަށްގެންދިޔަ މަޝްރޫއެއްގެ ތެރެއިންކަން ފާހަގަ ކޮށްލެވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް