ދީނާ ޚިލާފް ކަންތައްތައް ހުއްޓުވަން މުޅިގައުމު ތެދުވާންޖެހޭ: އިލްޔާސް

Loading

Facebook
Twitter
WhatsApp
maldives news

ދިންނަވާ ނަސީބު ލިބިގަތުމަށްޓަކާ ދީނާ ޚިލާފު ކަންތައްތައް ހުއްޓުވަން މުޅިގައުމު ތެދުވަން ޖެހޭކަމަށް ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ މަޝްހޫރު ދީނީ އިމްމުވެރިޔާ ޝެއިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

ދީނާ ޚިލާފަށް ކަންތައްތައްތައް ހުއްޓުވުމަށް ގޮވާލައްވައިފައިވަނީ އެބޭފުޅާ އިއްޔެ ކުރެއްވި ޓްވީޓަކުންނެވެ.  މިޓްވީޓުގައި މިކަމަށް ބާރުލިބޭ ކީރިތި ގުރުއާނުގެ އާޔަތަކާ، އޭގެ މާނަ ވެސް ހިމަނުއްވާފައިވެއެވެ.

އެއާޔަތުގެ މާނަ އަކީ “ ހެޔޮކަމުގެ މަގަށްގޮވާ، އަދި ހެޔޮކަންތަކަށް އަމުރުކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނީ ހަމަ ދިންނަވާނޭމީހުންނެވެ.“ މިހެންނެވެ.

މި ޓްވީޓްގައި އިލްޔާސް ވަނީ ދީނާ ޚިލާފް ކަންތައް ހުއްޓުވުމަށް ގޮވާލާ ފަރާތްތަކަށް ހަރުކަށި ފިކުރުގެ ލަގަބު ދޭކަަމަށް ތުހުމަތު ކުރައްވައި، އެކަން އެގޮތަށް ކުރައްވަނީ ދީނުގެ ދުޝްމަނުން ރުއްސަންތޯ ސުވާލު އުފައްދާފައެވެ.

“ މުސްލިމް މުޖްތަމައުއެއްގައި ހިނގާ ދީނީ ޚިލާފް މުންކަރާތްތައް ހުއްޓުވަން ގޮވާލުމަށް ހަރުކަށި ފިކުރުގެ ލަގަބު ދިނުމަކީ ރައްޔިތުން އޮޅުވާލައި ދީނުގެ އަދުއްވުން ރުއްސަން ކުރާކަމެއް ނޫންބާ؟ “ ޝެއިޚްގެ ޓްވީޓްގައި ވެއެވެ.

ޝެއިޚް އިލްލިޔާސް މިފަދައިން ޓްވީޓް ކުރައްވާފައިވަނީ ސީދާ ކޮންކަމަކާ ގުޅިގެންކަމެއް އެބޭފުޅާ ވިދާޅުވެފައި ނުވެއެވެ.

މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުނު މައްސަލައިގައި އުވާލި މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް ( އެމްޑީއެން)ގެ ރިޕޯޓް ދިފާއުކޮށް އަންހެނުންގެ ހައްގުތައް ހިމާޔަތްކުރާ ޖަމިއްޔާއެއްކަމުގައިވާ “ އުތެމަ“ ޖަމިއްޔާއިން ނެރުނު ރިޕޯޓަކާއި ގުޅިގެން އެ ޖަމިއްޔާ އާ މެދު ފިޔަވަޅު އެޅުމަށް ރާއްޖޭގެ އިލްމުވެރިންތަކެއް މިދުވަސްވަރު ދަނީގޮވަމުންނެވެ.

އެހެންކަމުން ބޮޑަށް ބެލެވެނީ އިލްޔާސްގެ މި ޓްވީޓަކީ ވެސް އެކަމާއި ގުޅިގެން ކޮށްފައިވާ ޓްވީޓެއްކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް