އެޕްސްޓެއިން ފައިލްތަށް ލީކުވެ، ދުނިޔޭގެ ބޮޑެތި ގައުމުތަކާ އަދި ބައެއް އިސްލާމީ ގައުމުތަކުގެ ވެރިންވެސް މި ނެޓްވޯކްގެތެރޭގައި ވާކަން ހާމަވުމަކީ އެއީ އާދައިގެ ކަމެއް ނޫނެވެ.
މިކަމަކީ ދުނިޔޭގެ ރިކޯޑް ކުރެވިފައިވާ ހިސްޓްރީގައި މިހާހިސާބަށް އެއްވެސް ޒަމާނެއްގައި ހިންގާފައިވާކަން އެގެން ނެތް ފާހިޝް އަދި ވަޙުޝީ އަމަލުތަކެކެވެ. އިންސާނެއްގެ ހިތަށްވެސް ނުގެނޭވޭފަދަ ޝައިޠާނީ އަމަލުތަކެކެވެ.
އޭގެތެރޭގަ ތުއްތު ކުދިން މެރުމާއި، ޝައިޠާނާއަށް ގުރުބާން ކުރުމާއި، މިނިމަސް ކެއުން ހިމެނޭ ކަމުގައި ރިޕޯޓްތަކުން ވަނީ ހާމަވެފައެވެ.
ދުނިޔޭގެ ވަރުގަދަ އެއް މިލިޓަރީ ބާރު ކަމުގައިވާ އެމެރިކާގެ ވެރިޔަކަށް އެހުރީ އެޕްސްޓީން އާއިއެކު ވަޙުޝީ އަމަލުތަކުގަ ބައިވެރިވި މީހެކެވެ.
އިޒްރާއިލުގެ ވެރިން ބައިވެރިވެފައިވެއެވެ. އިނގިރޭސި ޝާހީ އާއިލާގެ ބޭފުޅުން ބައިވެރިވާކަމުގައި ވަނީ ހާމަވެފައެވެ.
ޣައްޒާ ހަނގުރާމައިގައި ޝަހުޔޫނު ޔަހޫދިންނާއި އެމީހުންގެ ވާގިވެރިންގެ އަނިޔާވެރިކަން މިވަނީ މުޅިދުނިޔެއަށް ފަލީހަތްވެފައެވެ. ގާޒާގެ ތުއްތު ކުދިން މަރާ ބަނޑަށްޖެއްސި އިރު ވަށައިގެން ތިބި އަރަބި ގައުމުތަކުގެ ވެރިންގެ އަމަލުތަކުން އެމީހުންގެ މުނާފިގު ސިފަތަށް މިވަނީ އެ ގައުމުތަކުގެ ރައްޔިތުންނާއި ދުނިޔޭގެ ހުރިހާ މުސްލިމުން ކުރިމަތީ ބޭޒާރުވެފައެވެ.
މި ހާލަތުގައި މި މީހުންގެ ވެރިކަން ގެއްލިއްޖެނަމަ ޝަރިއްޔަތަށް ހާޒިރު ކުރާނެކަން އެއެންމެނަށްމެ އެގޭނެއެވެ. ވީމާ މި މީހުނަށް ސަލާމަތް ވެވޭނެ މަގު ހޯދާ ރޭވުމުގައި މި އެންމެން މަޝްވަރާ ކޮށް ބައިވެރިވާނެއެވެ. މުރާސިލުން ވިދާޅުވާ ގޮތުގަ ޣައްޒާ ހަނގުރާމަ ނުހުއްޓާ ކުރިޔަށް ގެންދިޔަ ސަބަބަކީވެސް، ނަތަންޔާހޫގެ ސާބިތު ކަރަޕްޝަން މައްސަލައެއް އިޒުރާއިލުގެ ކޯޓުގައިއޮވެ، ދިގު ޖަލުހުކުމެއް އަންނާނެކަން ޔަގީންވާތީއެވެ.
ވީމާ މި ފަހަރު މި އެންމެން ގުޅިގެން އެމީހުންގެ ވެރިކަން ދެމެހެއްޓުމަށްޓަކާ އިތުރު އާ ހަނގުރާމައެއް ފައްޓާނެއެވެ. އަދި މި ހަނގުރާމައިގައި ދުނިޔެއަށް ކިތަންމެ ބޮޑުގެއްލުމެއް ލިބުނަސް އެމީހުން ފަހަތަކަށް ނުޖެހޭނެއެވެ.
އެހެންކަމުން ކުރިމަތީ މިވަނީ ވަރަށް ނުރައްކާތެރި ބޮޑު ހަނގުރާމައެކެވެ. މި ހަނގުރާމައިގެ ހުޅު އެމީހުން ރޯކުރާނީ މެދުއިރުމަތީގައެވެ. މި ހަނގުރާމަ މުޅި މެދުއިރުމަށްޗަށް ފެތުރޭނެއެވެ. އަދި މި ރީޖަނުން ބޭރަށް ހަނގުރާމަ ބަންޑުންވާނެއެވެ. އެއީ އިންޑިޔާ އިން ޝަހުޔޫނު އިޒްރާއިލަށް އެހީތެރިވެއްޖެ ނަމައެވެ.
މެދުއިރުމަތީގައި މިފަދަ ހަނގުރާމައެއް ފެށުމުން ދުނިޔޭގެ އިގްތިސާދު އިނދަ ޖެހޭނެއެވެ. އެމެރިކާގެ އެހީގައި ހުދުމުހުތާރު ވެރިކަން ކުރާ އަރަބި މުސްލިމް ގައުމުތަކުގައި އިންގިލާބީ ހަރަކާތްތަށް ފެށި ދާޙިލީ ހަމަނުޖެހުންތަށް ތިލަވާނެއެވެ. ޕާކިސްތާނު ރައްޔިތުން އިމްރާން ޙާން ދޫކޮށްލަން ބުނާނެތެވެ. އިންޑިޔާގައި މުސްލިމުންނާއި ހިންދޫއިންނާ ދެމެދު ހަމަނުޖެހުން އުފެދޭނެއެވެ.
މިހާރު މި ފެންނަ ސިނާރިއޯ މިވަނީ ވާރިދުތަކުން އިމާމް މަހްދީ ފާޅުކުރަށްވަވާނެ ޒަމާނުގައި ދުނިޔޭގެ ހާލަތު ހުންނާނެ ގޮތާ ދާދި އެއްގޮތަށެވެ. ދުނިޔޭގަ އިންސާފެއް ނެތެވެ. ދުނިޔޭގެ ބާރުގަދަ ގައުމުތަކުގެ ވެރިންނަށް އެތިބަ މީހުންގެ ސިފަ މުޅިދުނިޔެއަށް ފެނިއްޖެއެވެ.
އަނެއްކާވެސް ތަކުރާރުކޮށް ހަނދާން ކޮށްލަށްވަންވީ، ތެޔޮ އަގުބޮޑުވެ މުޅި ދުނިޔޭގެ ޓުއަރިޒަމް އިންޑަސްޓްރީ ހުޢްޓުމަކަށް އައުމުން، އަޅުގަނޑުމެންނާ ކުރިމަތިވާނެ ނިކަމެތި ހާލަތާމެދުއެވެ. ތެޔޮ ހުސްވެއްޖެނަމަ ޑީސަލިނޭޝަން ފެނެއްނުހެދޭނެއެވެ. ވާރޭފެން ރަށްކާކުރާނެ ވަސީލަތެއްވެސް ނެތެވެ.
![]()
