ތައުލީމީ ދާއިރާގެ މާސްޓަ ޕްލޭން އާންމު ކުރަނީ

Loading

January 22, 2026
profile
Facebook
Twitter
WhatsApp

މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ތަޢުލީމީ ދާއިރާގެ މާސްޓަ ޕްލޭން އާންމު ކުރަން ސަރުކާރުން ނިންމައިފި އެވެ.

 ޕީއެސްއެމް ޕްރޮގްރާމްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ހާމަކުރެއްވި ގޮތުގައި  ތަޢުލީމީ ދާއިރާގެ މާސްޓަ ޕްލޭންގެ ދަށުން ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މުހިންމު ކަންތައްތަކެއް ތަޢުލީމީ ދާއިރާއިން ތަންފީޒު ކުރުމަށް ހަމަޖައްސަވާފައިވާ ކަމަށެވެ.

އެކަންކަމުގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ އެ ދާއިރާއިން ޓީޗަރުން ތަމްރީން ކުރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ޝަފީއު ވިދާޅުވީ ފާއިތުވި ދެ އަހަރުގެ ތެރޭގައި ވެސް ޓެކްނޮލޮޖީ އަށް އަހުލުވެރި ޓީޗަރުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަ މަށެވެ. އަދި ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް ކުރެވޭ މަސައްކަތް މިއަހަރު އިތުރަށް ފުޅާ ކުރައްވާނޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ”ޑިޖިޓަލް ކޮމްޕިޓެންސީ ލީޑަޝިޕް މަތިކުރަމުން މިހާރު މި އަންނަނީ ތަޢުލީމީ ދާއިރާގެ މާސްޓަރ ޕްލޭންގެ ދަށުން،“ އަދިި އަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި މާސްޓަ ޕްލޭން ތަޢާރަފު ކުރާނަން. ހަމައެއާއެކު ޔުނިސެފާއި ގުޅިގެން ވެސް މިދާއިރާ ތަރައްޤީކުރުމަށް ވަރަށް ގިނަ މަސައްކަތް އެބަ ކުރެވޭނެ ކަމަށެވެ.  

Loading

Leave a Reply

ފަހުގެ އަޕްޑޭޓް