މީޑިއާ ކޮމިޝަންގެ އެސްޖީއަކަށް  ހަމްދީ އަގީލް

Loading

November 16, 2025
profile
Facebook
Twitter
WhatsApp

ޕީސީބީގެ ކުރީގެ ރައީސް  ހަމްދީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މިއަދު އައްޔަންކޮށްފި އެވެ.

 ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކަން މިއަދު އިއުލާންކުރި އިރު، ހަމްދީ އަކީ ކުރިން އެ ބޯޑްގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. އޭނަ އެ މަގާމުން ވަކިކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ 12 ގަ އެވެ. ވަކިކުރަން ޖެހުނު ސަބަބެއް ބުނެފައެއްނުވެއެވެ.

ޕީސީބީގެ ރައީސަކަށް ހަމްދީ އައްޔަންކުރީ 22 ނޮވެމްބަރު 2023 ގައެވެ.

 އެމްއެމްބީސީ އަކީ މި ސަރުކާރުން ދާދި ފަހުން އުފެއްދި ކޮމިޝަނެކެވެ. ކޮމިޝަންގައި 7 މެންބަރުން ތިބެ އެވެ. އެއީ މުހައްމަދު ފަރުސަތާއި ސަފާ ޝަފީގާއި އައިމިނަތު ސަރާހަތު އިއްޒަތާއި އަބްދުލްއަޒީޒް އިބްރާހީމާއި ޒަމްއަތު އަހުމަދު ވަހީދާއި ސިމާހާ ނަސީމްގެ އިތުރުން ހުސައިން ސަގީފެވެ.

ކޮމިޝަންގެ ރައީސަކީ ފަރުސަތެވެ. އަދި ނައިބަކީ ޒަމްއަތެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް