މަޖިލީހުގެ ބައެއްް މެންބަރުންނަށް ހަދިޔަަގެ ގޮތުގައި އަހަރަކު މިލިއަނުން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ބަޔާންތަކުން ދައްކައިފި އެވެ. ސުވާލަކީ މިފަދަ ބޮޑެތި ޢަދަދުން އެފައިސާ އެ ހޯދަނީ ކާކުއަތުން ކީއްކޮށްދޭން ބުނެގެންހެއްޔެވެ؟ ގައިމުވެސް ކަމަކާނުލައި ފައިސާތަކެއް އެކުވެސް ނުދޭނެއެވެ.
މެންބަރުން ހުވާ ކުރައްވާތާ އެއް އަހަރު ދުވަސް ފުރިހަމަވުމުން މާލީ ބަޔާން ހާމަކުރަން ޖެހޭނެއޭ މަޖިލީހުގެ ގަވާއިދު ބުނެއެވެ. އެގޮތުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހުށަހަޅުއްވަން ޖެހޭނީ މިދިޔަ މެއި 28 އަށް އެއް އަހަރު ފުރުމުން، މިދިޔަ މަހުގެ 31 ގެ ދުވަހުގެ ނިޔަލަށެވެ.
މިހާރު އެވަނީ މަޖިލީހުގެ ރަސްމީ ވެބްސައިޓްގައި މާލީ ބަޔާން ހުށަހެޅުއްވި މެންބަރުންގެ ބަޔާންތައް އާންމުކޮށްފައެވެ. ރައްޔަތުންގެ ކަންބޮޑުވުމަކީ އެފަދަ ފައިސާތައް ކޮންމެވެސް ދިމާލަކުން ހޯދައި އެ މެމްބަރުންނަށް މުސާރައިގެ އިތުރުން ރައީސް މުޢިއްޒު ހޯއްދަވައި ދެއްވަނީ ކީއްވެގެންބާވައެވެ. އެހެނީ ދީނީގޮތުން އަބަދުވެސް ކަންކަމުގައި ބައްލަވާ ރައީސްއަކު މެމްބަރުންނަށް “ ރިޝްވަތެއް “ ނުދެއްވާނެކަން އެނގޭތީ އެގޮތަށް ބެލެވެނީއެވެ. ނަމަވެސް ދެން މިދެނީ ”ރިޝްވަތު“ ނޫން ކޯއްޗެއްހެއްޔެވެ؟
މާލީ ބަޔާންތަކުގައިވާ ގޮތުން ބައެއް މެންބަރުންނަށް ހަދިޔާގެ ގޮތުގައި ގިނަ އަދަދަކަށް ފައިސާ ލިބިފައިވާ ކަމަށް މާލީ ބަޔާންތަކުން ފެންނަން އެބައޮތެވެ. އޭގެތެރެއިން ގިނަފައިސާތަކެއް އެގޮތުން ހޯދައި ލިބިގަންފައިވާ އެއް މެމްބަރަކީ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އެވެ. އަބްދުއްރަހީމްގެ މާލީ ބަޔާނުގައިވާ ގޮތުން 958،982ރ. އަކީ ހަދިޔާ ގޮތުގައި ލިބިފައިވާ ފައިސާ އެވެ. މަސް މާރުކޭޓުގައި ކިޔަނީ އެއީ ދެވަނަ ދެއެއްޗެސްނޫނޭ ރިޝަވަތުކަމަށެވެ. މިފަދަ ހަދިޔާ ބަދިޔާ ލިބޭގޮތާއި އެއީ ކޮންކަމަކަށް ލިބިދިން ހަދިޔަބަދިޔާކަން ރައްޔަތުންނަށް ހާމަކޮށްދޭން އެބަޖެހޭނޫންތޯއެވެ.
އަދި ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޝަމްހީދަށް ވެސް 1.4 މިލިއަން ރުފިޔާ ހަދިޔާގެ ގޮތުގައި ލިބިފައިވާ ކަމަށް މާލީ ބަޔާނުން ދައްކަ އެވެ. އޭގެ ތެރެއިން ބައެއް ފައިސާއަކީ ޑޮލަރުން ލިބުނު ފައިސާ އެވެ. ޑޮލަރުންވެސް ހަދިޔާ ބަދިޔާ ލިބިދޭނީ ހަމަގައިމުވެސް ބޮޑު ޑޮލަރު ޑީލްއެއް އަޅައިގެން ނޫންބަވައޭވެސް އެބަކިޔައެވެ.
އެބުނެފައިވާ (ރިޝްވަތު) ހަދިޔާގެ ގޮތުގައި، ފައިސާ ލިބިފައިވާ ކަމަށް މާލީ ބަޔާނުގައި ޖަހާފައި ވިޔަސް، އެ ދިން ފަރާތުގެ ތަފްސީލްތައް އެނގޭނެހެން ހާމަކޮށްފައެއް ނުވެއެވެ. އެކަމާއިހުރެ ރައްޔަތުމީހާ އެއީ ރިޝަވަތޭ ކިޔުމުގެ ޗާންސް ބޮޑުވަނީއެވެ. ހަމަގައިމުވެސް ރައީސް މުޢިއްޒު ރިޝްވަތާއި ވަރަށް ދުރުވާނެކަމަށް ޕީއެންސީގެ މެމްބަރުން ގަބޫލުކުރެއެވެ. އެހެންކަމުން މިއީ ރައީސް އަށް ލިބިދާނެ ވަރަށްބޮޑު ހުތުރު ނަމަކެވެ.
އެންމެބޮޑު ޙައިރާން ކަމެއް ލިބެނީ، މި ހަދިޔާބަދިޔާ ލިބޭގުރޫޕްތަކަށް އެހަދިޔާ ބަދިޔާ (ރިޝަވަތުގެ) އިތުރުން ބައެއް މެންބަރުންނަށް ހިލޭ ރޯ ހައުސްއާއި ފްލެޓް ވެސް ލިބިފައިވާ ކަމަށް މާލީ ބަޔާންތަކުން ހާމަވެފައިވާ ކަމެވެ. ނަމަވެސް ބައެއް މެންބަރުންގެ ބޭކް އެކައުންޓްތަކަށް ބަލާއިރު، ލިބިފައިވާ އެބުނާ “ ޙަލާލު “ އާމްދަނީތައް އެކަށީގެންވާ ވަރަކަށް އެކައުންޓްތަކުގައި ފައިސާ ޖަމާވެފައޮ ނެތްކަން އެނގެއެވެ.
އެގޮތުން ބައެއް މެންބަރުންގެ އެކައުންޓްގައި 500 ރުފިޔާއަށް ވުރެ މަދުން ފައިސާ ހިމެނޭ އިރު، ބައެއް މެންބަރުންގެ އެކައުންޓްގައި އެންމެ ފައިސާ އެއް ވެސް ނެތެވެ. ވީމާ އެހާ އޮޅުކޮށް ލިބިގަންނަ ހަދިޔާބަދިޔާތައް އެ ޖަމާކުރަނީ ދަރީން ނުވަތަ އަބިކަނބަލުންގެ ނަމުގައިތޯ ސުވާލު އުފެދެއެވެ. ގަބޫލުކުރެވެނީ ރައީސް މުޢިއްޒު މިފަދަ މެމްބަރުން އެގޮތައް ލިބިގަންފައިވާ މުއްސަދިކަން ނުވަތަ މައްސަލަތައް އޭސީސީ އިން ބަލައި ގޯހެއްއޮތްނަމަ ފިޔަވަޅު އަޅުއްވާނޭ ކަމަށެވެ.
ނަމަވެސް ގިނަމީހުން ދެކޭގޮތުގައި ރައީސް، ވަޒީފާ ދެއްވާފައިވާ އޭސީސީގެ ބޮޑުމީހާ އާއި މެޑަމް ވަޒީފާދެއްވާފައިވާ ޕީ.އެސް ހުންނަވައިގެން އޭސީސީ އިން ބެލޭނެ ޕީއެންސީގެ ޚިޔާނާތެއް ނޯންނާނއެވެ.
3 Responses
ޢަޅުގަނޑުމެން ނިކަމެތިންނަކަށް ތިގޮތަށް ހަދިޔާއެއް ނުލިބޭ. ލިބޭނަމަ ގައުމުގައި ފަގީރުން ނުތިބޭނެއެއް ނޫންތޯ!
Rishvathunegikommemeehakee membarukamunvakikuranjehey
ހަދިޔާ ބަދިޔާ، ކާކުދޭނީ ކަމެއްނެތި. ތިކަމުގައި ތިއީ ހަމަ ފައްކާ ރިޝްވަތެވެ. ރައީސް މުޢިއްޒުއަށްވެސް ހުރިހާ ވެރީންނަށްވެސް އެނގޭ ތިގޮތަށް ފައިސާ ހޯދަން. ދެން އެފައިސާއިން އުމްރާ އާއި ޙައްޖުވެލައިގެން އެނިމުނީއެވެ. އެތިބީ ފާފަ ފުހިފައެވެ. ޙަރާމް ފައިސާއިން އެފަދަ ކަންތައްވެސް ކުރާކަށް ބިރުވެތިވާ ބައެއްވެސް ނޫނެވެ. ދެރަކަމުގެ ކޮޅެއް ނެތެވެ.