ދަރަވަންދޫ ސިއްޙީ މަރުކަޒުގައި ޑައިލިސިސް ޚިދުމަތް ފަށައިފި

Loading

Facebook
Twitter
WhatsApp

ބ. ދަރަވަންދޫ ޞިއްޙީ މަރުކަޒުގައި ޑައިލިސިސް ޚިދުމަތް ފަށައިފިއެވެ.

ދަރަވަންދޫ ސިއްހީ މަރުކަޒުގައި ޑައިލިސިސް ޚިދުމަތް ފައްޓަވައިދެއްވީ މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާމެއެވެ.

ރާއްޖޭގައި މިހާރު ޑައިލެސިސްގެ ޚިދުމަތް ނުފެށި އޮތީ އދ. އަތޮޅާއި ވ. އަތޮޅާއި ފ. އަތޮޅުގެ އިތުރުން ދ.އަތޮޅުގައެވެ.

ޑައިލިސިސްގެ ޚިދުމަތަކަކީ ކިޑްނީ ބަލި ތަހައްމަލް ކުރަމުންދާ މީހުންގެ ތެރެއިން ކިޑްނީގެ ފަންކްޝަން ވަކިވަރަކަށްވުރެ ދަށްވުމުން ކޮންމެ ހަފްތާއަކުވެސް 2 ނުވަތަ 3 ދުވަހު މެޝީންގެ އެހީގައި ހޯދާ ޚިދުމަތެކެވެ. ޑައިލިސިސް ހެދުމަށް ކޮންމެ ދުވަހަކު 4 ގަޑިއިރު ހޭދަވެއެވެ.

އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުން ޑައިލިސިސް ޚިދުމަތް ހޯދުމަށް މާލެއަށް އަންނަން ޖެހޭ ޖެހުމަކީ ދަތިކަމަކަށްވެފައި، ޑައިލިސިސްގެ ފަރުވާ ބޭނުންވާ މީހުން ގިނަ ހިސާބުތައް ބެލުމަށްފަހު، އެ ތަންތަނުގައި އެ ޚިދުމަތް މި އަހަރު ފެށުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް