ޓްރެފިކަށް ލުޔެއްދިނުމަށް މެދުޒިޔާރަތް މަގު ހުޅުވާލަނީ

Loading

Facebook
Twitter
WhatsApp

ޓްރެފިކަށް ލުޔެއްދިނުމަށް މެދުޒިޔާރަތް މަގު ހުޅުވާލަން މާލެ ސިޓީ ކައުންސިލުން މަޝްވަރާކޮށްފިއެވެ.

ގިނަ ސުކޫލުތަކާއި ސަލްޓަންޕާކު ހުންނަ ސަރަހައްދުގެ ޓްރެފިކަށް ލުޔެއް ހޯދައިދިނުމަށް ޓަކައި މެދު ޒިޔާރަތް މަގު ހުޅުވާލުމަށް މާލެ ސިޓީ ކައުންސިލަށް ހުށައަޅުއްވާފައި ވަނީ މޭޔަރު އާޒިމް އެވެ.

މޭޔަރ ޢާޒިމް މި ކަން ކައުންސިލަށް ހުށަހެޅުއްވީ، ބުދަ ދުވަހު އޮތް މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 207 ވަނަ ޖަލްސާގައެވެ.

މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޓްރެފިކުގެ މައްސަލައެވެ.

މާލޭގެ ޓްރެފިކް ބޮޑު ސަރަހައްދުތަކަށް ލުޔެއް ހޯދުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މި މަސައްކަތްތަކުގެ ތެރެއިން، އިސްލާމީ މަރުކަޒާއި ސަލްޓަންޕާކާ ދެމެދު އޮތް މަގު ވެހިކަލްތަކަށް ހުޅުވާލުމުން، ޗާންދަނީ މަގަށާއި ލިލީ މަގަށާއި އަމީރު އަހުމަދު މަގަށް ވެސް ލުއިތަކެއް އަންނާނެ ކަމަށް މޭޔަރ ޢާޒިމް ވިދާޅުވެފައިވެއެވެ.

މި ސަރަހައްދަކީ، މާލޭގެ އެންމެ ކާރުބާރު ބޮޑު އެއް ސަރަހައްދު ކަމުން، މި މަގު ހުޅުވާލުމަކީ ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ގެނެސްދޭނެ ކަމެއް ކަމަށް އާންމުން ވެސް ދެކެއެވެ.

މާލޭގެ މަގުތަކުގެ ޓްރެފިކް މައްސަލައަކީ، ދުވަހުން ދުވަހަށް ގޯސްވަމުންދާ މައްސަލައެކެވެ.

މި މަގު ހުޅުވާލުމުން ވެސް، މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ މި ދަތިކަމަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް މާލޭގެ ގިނަ ރައްޔިތުން ދެކެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް