ހިތާދޫގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ހުރި ހުރަސްތައް ރައީސްއާ ހިއްސާކުރައްވައިފި

Loading

Facebook
Twitter
WhatsApp

ބ. ހިތާދޫގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ހުރި ހުރަސްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއާ އެ ރަށު ކައުންސިލުން ހިއްސާކުރައްވައިފިއެވެ.

އެ ކައުންސިލުން އެކަން ހިއްސާކުރައްވާފައި ވަނީ ރައީސް މުޢިއްޒު، މިހާރު ބ. އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުުޅުގައި އެރަށްށް ވަޑައިގެން ހިތާދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.

އެގޮތުން އެ ބައްދަލުވުމުގައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ބިމުގެ ޖާގައިގެ ދަތިކަން އޮތުމާއި، ބޯހިޔާވަހިކަމަށް އަމާޒުކޮށް ރަށުގައި ފުރުސަތުތައް ގާއިމުކުރުމާއި ބަނދަރުގެ ދަތިކަމާއި ނެރުފައިކަށި މިހާރު ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް ހަރުކުރުން ހިމެނެއެވެ.

މެންބަރުން އިތުރަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ހުރި ހުރަސްތަކާއި ރަށް ގިރުމުގެ މައްސަލަ ހައްލުކުރުން ފަދަ ކަންކަން ހިމެނެއެވެ.

މި ބައްދަލުވުމުގައި ޒުވާނުންގެ ފަރާތުން ހުށައެޅި ކަންކަމުގެ ތެރޭގައި ޒުވާނުންގެ މަރުކަޒެއް ގާއިމުކުރުން ހިމެނެއެވެ. ރަށުގެ މުއައްސަސާތަކަށް ދިމާވެފައިވާ ބައެއް ދަތިތައް ހިއްސާ ކުރަމުން މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަމާއި މަރުކަޒުގެ މުވައްޒަފުންގެ ދަތިކަން އެ ބޭފުޅުން ހިއްސާކުރެއްވިއެވެ. މީގެ އިތުރުން ހިތާދޫ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް