ޖިންނި އަކީ އުޅޭ އެއްޗެކެވެ.

Loading

Facebook
Twitter
WhatsApp

ބޭހުން ފަރުވާ ނުލިބޭ ލެބޯޓަރީ ތަހުލީލުންނާއި ސިޓީ ސްކޭނުންނާއި އެކްސްރޭ އިން ބަލި ދެނެ ނުގަނެވޭ ކަންކަމަކީ ރޫޙާނީ ކަމެއްކަމަށް ބެލިދާނެއެވެ. ރޫޙާނީ ކަންކަން ރަނގަޅު ކުރުމަށް ފާލަބެލުމާއި ރަމަލް ޖެހުމަކީ ދީނުގައި ނަހީ ކުރައްވާފައިވާ ކަންކަމެވެ. އުޑާއި ބިމުގައި ވިޔަސް އިންސާނާގެ ލޮލަށް ނުފެންނަ ޣައިބުގައިވާ ހުރިހާ އެއްޗަކާއި ކަމެއް ދެނެވޮޑިގެންވާ ފަރާތަކީ ހަމައެކަނި ﷲ އެވެ.

ނުބައި ކޮންމެ ކަމަކީ އިންސާނާ ގެ ފަރާތުން އަންނަ ކަމެކެވެ. ލިބޭ ކޮންމެ ހެޔޮކަމަކީ ނިޢުމަތަކީ އެކަލާން މިންވަރު ކުރެއްވި ގޮތެވެ. އެއްވެސް އިންސާނަކަށް ދެރަ ނިކަމެތިކަމެއް އެކަލާނގެ އިރާދަ ނުކުރައްވާނެތެވެ. އެކަލާނގެއީ ފާފަފުއްސަވާ އޯގާވެރި ރަސްކަލާންގެއެވެ. ރޫޙާނީ ކަމަކުން ދިމާވާ ބަލި މަޑު ކަމަށް މި ރުޤިޔާ ކިޔާލާށެވެ.

بسم الله أرقيك من كل شيء يؤذيك، ومن شر كل نفس أو عين حاسد الله يشفيك، بسم الله أرقيك. رواه مسلم. : بسم الله ( ތިންފަހަރު): أعوذ بعزة الله وقدرته من شر ما أجد وأحاذر. رواه مسلم. 7 ފަހަރު
سحر ގެ ކަމެއް ނަމަ سورة إخلآص ،سورة فلق ، سورة الناس ކޮންމެ ސޫރަތެއް 3 ފަހަރު ކިޔާލާށެވެ. سورة يس އާއި سورة البقرة ، ޢާއްމުކޮށް ކިޔަވާނަމަ ވެސް ސިޙުރު ނުޖެހޭނެއެވެ.

ފަންޑިތަ އާއި ސިޙުރުގެ ނުރައްކަލުން ރައްކާތެރިކަން ހޯދުމަށް މީހުން ގެނެސްގެން ފައިސާ އިސްރާފު ނުކުރައްވާށެވެ. ޖާދޫޤަރުންނާއި މެޖިކު އަދި ޖާދޫ ހަދާ މީހުން ދައްކާ މޮޅު ބަލާޤާތްތެރި ފަށުވި ވާހަކަ ތަކަށް ހެއްލި އަތުގައި ހުރި ރަންކޮޅާއި ފައިސާ ކޮޅު ހުސްކޮށް ނުލައްވާށެވެ. ޣީރަތްތެރިކަމާއި އީމާންތެރިކަން މަތީ ޘާބިތުވެ ހުރުމަށް ޢަޒުމު ކަނޑައަޅައިފި ނަމަ ﷲއަށް توكل ކުރާށެވެ.

މުއުމިނުންގެ ވަލީވެރިޔަކީ ﷲ تعالى އެވެ، އެކަލާންގެ އަނދިރިކަމެވެ ތެރެއިން އަލިކަމުގެ ތެރެއަށް އިންސާނާ ނެރުއްވާނެތެވެ. ޢިއްޒަތްތެރިކަން ހޯދުމަށް އިންސާނާގެ ފަހަތުން ނުދުވާށެވެ. ﷲ އަށް އުރެދިފައިވާ ޚަރާމް ހަލާލަށް ބެލުމެއް ނެތި ﷲ ނިޢުމަތްތަކާހެދި މޮޔަވެފައިވާ ހަމައެކަނި ދުނިޔޭގެ އެދުންތަކަށް ތަބާވާ އެފަދަ ފަރާތްތަކަށް ބަރޯސާވެ އިތުބާރު ނުކުރާށެވެ. އިސްލާމް ދީނުގެ ފުރަތަމަ ގޮވާލުމަކީ އަޤީދާ توحيد އެވެ. ހުރިހާ ނަބިއްޔުންގެ ދައުވަތުގެ މަރުކަޒަކީ އަޤީދާ ތަވުޙީދެވެ. ޝިރުކު މަނާ ކުރެއްވުމެވެ.

يَا أَيُّهَا النَّاسُ ضُرِبَ مَثَلٌ فَاسْتَمِعُوا لَهُ ۚ إِنَّ الَّذِينَ تَدْعُونَ مِن دُونِ اللَّهِ لَن يَخْلُقُوا ذُبَابًا وَلَوِ اجْتَمَعُوا لَهُ ۖ وَإِن يَسْلُبْهُمُ الذُّبَابُ شَيْئًا لَّا يَسْتَنقِذُوهُ مِنْهُ ۚ ضَعُفَ الطَّالِبُ وَالْمَطْلُوبُ (73) مَا قَدَرُوا اللَّهَ حَقَّ قَدْرِهِ ۗ إِنَّ اللَّهَ لَقَوِيٌّ عَزِيزٌ ( الحج آية 74)
އޭ މީސްތަކުންނޭވެ! (اللَّه) مثال އެއް ޖައްސަވައިފިއެވެ. ފަހެ، ތިޔަބައިމީހުން އެއަށް ކަނުލައި އަހާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން اللَّه ފިޔަވައި އަޅުކަންކުރާ ތަކެއްޗަކަށް މެއްސެއްވެސް ނެހެދޭނެތެވެ. އެކަމަށް އެ އެންމެން އެއްވިނަމަވެސްމެއެވެ. އަދި އެ މެހި، އެއުރެންގެ ކިބައިން އެއްޗެއް އަތުލައިފިނަމަ، އެވެސް އެ މެހީގެ ކިބައިން، އެއުރެންނަކަށް ސަލާމަތެއް ނުކުރެވޭނެތެވެ. އެދޭ މީހާއާއި އެދެވޭ ފަރާތްވެސް ނިކަމެތިވެގެންވެތެވެ. (73)
اللَّه އަށް قدر ކުރުން حق ވެގެންވާ ގޮތުގައި، އެއުރެން 3، اللَّه އީ، ބާރުވެރިވަންތަ، عزيز ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. (74)

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް