އިޒްރޭލު އުފެދުނީ ކިހިނެއް؟

Loading

Facebook
Twitter
WhatsApp

ވިހި ވަނަ ޤަރުނުގެ ކުރީކޮޅު 400 އަހަރު ވަންދެން ހިޖާޒުކަރައިގެ ބިންތައް ފަލަސްޠީނު ގެ ސަރަހައްދު ވެސް ހިމެނޭގޮތުން އޮތީ ޢުޘްމާނީ ޚިލާފަތުގެ ބާރުގެ ދަށުގައެވެ.

އެދުވަސްވަރު މައްކާގެ އަމީރަކަށް ހުންނެވީ ޝަރީފް ޙުސައިން ބިން ޢަލީއެވެ. މިގޮތަށް ހުންނަވަނިކޮށް ފުރަތަމަ ބޮޑު ހަނގުރާމަ އަށް ފަހު އިނގިރޭސިވިލާތުން ޢަރަބި ޤަބީލާތަކުގެ ވެރިންނަށް އެހީތެރިވެދީގެން ޢުޘްމާނީ ޚިލާފަތާއި ދެކޮޅަށް ބަޣާވާތެއް ޢަރަބިން ގެނައެވެ.

ބަޣާވާތަށް އެހީތެރިވުމަށް އިނގިރޭސިން ހިޖާޒު ކަރައަށް އޭރުގެ ސައޫދީއަށް ފޮނުވީ ތޯމަސް ހެރިސަން ކިޔާ ސިފައިންގެ ކުޅަދާނަ ޖާސޫސީ އޮފިސަރެކެވެ، އެހެން ނަމަވެސް އޭނާ މަސައްކަތްކުރީ އާދައިގެ މީހެއްގޮތުގައި ދައްކައިގެން ޝަރީފް ޙުސައިން ބުނި ޢަލީ ގެ ފިރިހެން ދަރިކަލުން ގެ މުވައްޒަފެއްގެ ގޮތުގައެވެ، އޭނާ ގެ ވަޒީފާއަކީ މުވާޞަލާތާއި ބެހޭ މަސައްކަތްތަކެވެ. މިދެންނެވި ބަޣާވާތަށް ނިމުން އައީ 1916 ވަނަ އަހަރުގައެވެ. 1917 ވަނަ އަހަރު ޢަރަބި ޤަބީލާތަކުން އެސަރަހައްދު ގެ ކޮންޓްރޯލް އަތުލިއެވެ.

އެއަށް ފަހު ފަލަސްޠީނު އެސަރަހައްދުން ވަކިކޮށް 1921ވަނައަހަރު ޓްރާންސް ޖޯޑަންގެ ބިންގާ އެޅި އެވެ. ޢަރަބި ބިންތައް ބަހާލުމުގެ ޖަލްސާ ބޭއްވުނީ އޭރު އުރުދުންގެ އަމަން “ ކިޔުނު ސަރަހައްދުގައެވެ. މިހާރުގެ ނަމަކީ ޢައްމާންއެވެ. ޢަރަބި ބަޣާވާތުގެ ވެރިންނަށް ރަސްކަން ވާރުތަ ވާގޮތަށް އާލު ސުއޫދު ގެ ޢާއިލާ އަށާއި ޙާޝިމީ، ދަރިކޮޅަށް އުރުދުން ، ގެ ނަމުގައި ދައުލަތެއް އުފައްދައި ، އުރުދުންގެ ފުރަތަމަ ރަސްކަލަކަށް ޝާހު ޢަބްދު ޢައްޔަނުކުރެވުނެވެ.

އެއަށް ފަހު އިނގިރޭސިވިލާތުން ޔަހޫދީން ދިރިއުޅޭނެ ޤައުމެއް އުފައްދައި ދިނުމަށްޓަކައި ބަލްފޯ ޑިކްލަރޭޝަން ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލުމަށް ފަހު އޭގައި ސޮއި ކުރުމަށް ގިނަ ޢަދަދެއްގެ ފައިސާ މައްކާގެ އޭރުގެ އަމީރު ޝަރީފު ޙުސައިން ބުނި ޢަލީއަށް ހުށަހެޅިކަމަށް ވެއެވެ، އަދި ވަރަށް ގިނަފަހަރު ފުރަުމަތިން ކުރި ޕްރެޝަރާއެކު ވެސް މައްކާގެ އަމީރު ޙުސައިން ޝަރީފް ބުނި ޢަލީ އެ އެއްބަސްވުމުގައި ސޮއި ނުކުރެއްވުމުން އާލު ސުއޫދުގެ އާއިލާއަށް ފައިސާގެ ބޮޑެތި އަދަދުތަކަށް ދިނުމަށް ފަހު މި ދެންނެވި ބަލްފޯ ޑިކްލަރޭޝަންގައި ސޮއި ކުރުވިއެވެ. މިކަމުގައި އިނގިރޭސިންނާ އެކުގައި ފަރަންސޭސިވިލާތާއި ޖަރުމަނާއި އިޓަލީ ބައިވެރިވެފައިވެއެވެ. ބަލްފޯ ޑިކްލަރޭޝަން ފަހު ހިޖާޒުކަރައިގެ ޢަރަބި ބިންތަކުގެ މައްޗަށް ބާރާއި ނުފޫޒު ފޯރުވުމުގެ މަގު އިސްތިޢުމާރީ ބާރުތަކަށް ލިބުނެވެ. ބަލްފޯ ޑިކްލަރޭޝަން ގައި އޭރު ޢަރަބިން ސޮއިކުރިކަމަށްވަނީ، ޔަހޫދީނަށް ދައުލަތެއް އުފައްދައި ދިން ފަދައިން ފަލަސްޠީނުގެ ދައުލަތް ވެސް ޤަބޫލުކުރާގޮތަށް ނަމަވެސް އިޒްރޭލު އުފެއްދުމަށް ފަހު އިނގިރޭސިވިލާތުން ވެފައިވާ ވަޢުދު ހަނދާން ނައްތާލިއެވެ.

އަދި ފަހުން އެމެރިކާ އާއި ރަޝިޔާ ފަލަސްޠީނުގެ މައްސަލައިގެ ތެރެއަށް ވެއްދުމަށް ފަހު އެ ޤައުމުތަކުގެ ހަރުކަށި ޔަހޫދީންތައް އިޒްރޭލުގައި ވަޒަންވެރިކުރުވިއެވެ.
އިނގިރޭސިންގެ މަކަރާއި ޙީލަތުގެ ދަށުން ފަލަސްޠީނު ބާކީ ކޮށް ޙާޝިމީ ދަރިކޮޅަށާއި އާލު ސުއޫދު ގެ ޢާއިލާ އަށާއި ޔަހޫދީންނަށް ދައުލަތެއް އުފައްދައި ދިން ފަހުން އުރުދުން އިން އިޒްރޭލާއި 1948 ން 1973 ކަށް ހަތަރު ހަނގުރާމައެއް ކޮށްފައިވެއެވެ.

ނަމަވެސް ސައޫދީ ގެ އާލު ސުއޫދު ގެ ރަސްކަމާއި އިޒްރޭލުގެ ދެމެދު އޭރުއްސުރެއް މާބޮޑު ދެބަސްވުމެއް މިއަދާއި ހަމައަށް އުފެދިފައި ނުވެއެވެ. އުރުދުންގެ ރަސްކަމާއި އިޒްރޭލާއި ދެމެދު ދޭތެރެއަކުން ދެބަސްވުން އުފެދޭ ގޮތް މެދުވެރި ވަމުން އައުމާއެކު އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން ގެ ވެރިކަމުގައި އުރުދުނާއި އިޒްރޭލު ގެ ދެމެދު ޞުލްޙައިގެ އެއްބަސްވުމެއް ވެވުނު ފަހުން މިހާތަނަށް ދެ ޤައުމުގެ މެދުގައި މައްސަލައެއް އުފެދިފައި ނުވެއެވެ.

އަދި 7 އޮކްޓޯބަރ 2023 އިން ފެށިގެން އުރުދުން އާއި މިޞްރާއި ،ބަޙުރައިނާއި، މުއްތަހިދަ ޢަރަބި އިމާރާތާއި، ސައޫދީ ޢަރަބިއްޔާ އާއި އިޒްރޭލުގެ ސިފައިންގެ މަތީފެންވަރުގެ އޮފިސަރުން ދޭތެރެއަކުން ބައްދަލުކޮށް އެއްބަޔަކު އަނެއް ބަޔަކަށް ޖާސޫސީ މަޢުލޫމާތު ހިއްސާކޮށް އެހީތެރިވަމުން ގެންދެއެވެ. އެގޮތުން މީގެ ދެއަހަރު ކުރިން މިދެންނެވި ޢަރަބި ޤައުމުތަކުގެ ސިފައިން ގެ އިސް އޮފިސަރުންތަކެއް ވަނީ އިޒްރޭލުގެ ކުރީގެ ޑިފެންސް ފޯސްގެ ކުރީގެ ޗީފް އޮފް ސްޓާފް އާއި އެމެރިކާގެ ކޮމާންޑަރަކާއެކު ބައްދަލުވުންތަކަށް ކުރިއަށް ގެންގޮސްފައިވެއެވެ.

އެހެންކަމުން ފަލަސްޠީނު ގެ ބިމުގައި މިހާރު ޔަހޫދީން ހިންގަމުންދާ ޤަތުލު ޢާއްމުތަކާއި ޖަރީމާތަކަކީ ޢަރަބިންގެ ތެރެއިން ބަޔަކު އަމިއްލަ އެދުން އިސްކޮށް މުސްލިމުންގެ ޢަދާވާތްތެރިން ދެއްކި ދަޅާގައި ޖެހި ހެއްލުމުގެ ނަތީޖާއެވެ. އަދި އަމިއްލަ ފައިދާއަށްޓަކައި ހުޅަނގަށް ބަރޯސާވުން ދޫކޮށްލުމަށް މިދެންނެވި ޢަރަބި ޤައުމުތަކުގެ ވެރިން ބޭނުން ނުވުމެވެ.

މީގެ އިތުރުން ކުރިން ދެންވުނު ޢަރަބި ޤައުމުތަކުގެ ޢާއިލީ ވެރިކަން ދަމަހައްޓައި ދިނުމުގައި އިނގިރޭސިވިލާތާއި އެމެރިކާ އާއި ޖަރުމަނާއި ފްރާންސާއި ، އިޓަލީ ޢަރަބި ޤައުމުތަކުގެ ޢާއްމު ރައްޔިތުންގެ މަޞްލަޙަތާއި ޙައްޤުތަކަށް ވުރެ އަމިއްލަ މަޞްލަޙަތު އިސްކުރުމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް