ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީ ބަނުމަށް އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ޔާސިރު އެވެ.
އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޔާސިރު ވިދާޅުވީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި އޮތީ 100 މިލިއަން ރުފިޔާ ލިބިފައި ކަމަށާއި އެ އެހީގެ ދަށުން 12 ފެރީ ބަންނާނެ ކަމަށެވެ. އަދި ޒޯން 2 ގެ ހަބް ޓާމިނަލްގެ އުނގޫފާރުގެ ހަބް ޓާމިނަލްގެ މަސައްކަތް ވަރަށް އަވަހަށް ފަށަން ނިންމާފައިވާ ކަމަށްވެސް ޔާސިރު ވިދާޅުވިއެވެ.
މީގެ އިތުރުން ޔާސިރު ވިދާޅުވީ އެ މަސައްކަތުގެ މޮބަލައިޒޭޝަން މިހާރު ފަށާފައިވާ ކަމަށެވެ.
އާރްޓީއެލް ފެރީގެ ޚިދުމަތަށް 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދޭން އިންޑިއާ ސަރުކާރުން ނިންމާ އެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހުއެވެ.