ކަނޑުބޯޓަކުން ލ.މާމެންދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

Loading

Facebook
Twitter
WhatsApp

ކަނޑުބޯޓަކުން ލ.މާމެންދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ފުލުހުން އަތުލައިގެންފިއެވެ.

ފުލުހުން މިއަދު ބުނީ މާމެންދޫއަށް ދަތުުރުކުރަމުންދާ ބޯޓަކުން އެ ރަށަށް މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަަނުގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށެވެ.

”ޖުލައި 31 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، މާމެންދޫއަށް އެ ބޯޓު ގާތްކުރުމުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 115 ސެލޯފިންކޮޅު ފެނިފައިވޭ“ ފުލުހުން ބުނެފައި ވެއެވެ.

އެ ބޯޓުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން ފެނުނު މި ތަކެތީގެ ވަގުތީ ބަރުދަނަކީ 82 ގުރާމެވެ.

ފުލުހުން ބުނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މާމެންދޫ ފުލުހުން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް