މާވަށުގައި މަރާލި ޒުވާނާގެ ހަށިގަނޑު އިތުރު ތަޙްލީލުތަކަށް މާލެ ގެނެސްފި

Loading

Facebook
Twitter
WhatsApp
ލ. މާވަށް

ލ. މާވަށުގައި އިއްޔެ ވަޅިއަކުން ހަމަލާދީ މަރާލި އެ ރަށު ނަލަހިޔާ، މޫސާ އިބްރާހިމް (29އ) ގެ ހަށިގަނޑުގެ އިތުރު ތަހުލީލުތައް ހެދުމަށް މާލެ ގެނެސްފިއެވެ.

ފުލުހުން މިއަދު ބުނީ އިތުރު ތަހްލީލުތައް ހެދުމަށް މޫސާ އިބްރާހިމްގެ ހަށިގަނޑު ރޭގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށެވެ.

ފުލުހުން އިއްޔެ ބުނީ މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ކަމުގެ ރިޕޯޓް އިއްޔެ ހެނދުނު 10 ޖެހި ފަހުން ލިބިފައިވާ ކަމަށެވެ. އަދި ޒަހަމްވި މީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައިކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.

ެއެގޮތުން އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރީ ހދ. ނޮޅިވަރަންފަރު އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް، 29، ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ. އަދި އޭނާއަށް ހަމަލާދޭން މުހައްމަދު އިބްރާހީމް ބޭނުންކުރި ވަޅިވެސް މޫދު އަޑިން ފުލުހުން ހޯދާފައިވާ ކަމަށް ބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް