މާލެ ދާރުލްއަރްޤަމްއާއި ހުޅުމާލެ ދާރުލް ސަލާމް އިމާރަތްކޮށްދޭނެ ފަރާތެއް ހޯދަނީ

Loading

Facebook
Twitter
WhatsApp

މާލޭގައި އިމާރާތް ކުރަން ހަމަޖެހިފައިވާ ވަޤުފް ޢިމާރަތްކަމަށްވާ ދާރުލް އަރުޤަމްއާއި ހުޅުމާލޭގައި އިމާރާތް ކުރަން ހަމަޖެހިފައިވާ ދާރުލް ސަލާމް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން އިސްލާމިކް މިނިސްޓްރީން މިއަދު އިޢުލާންކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މާލޭގައި ދާރުލް އަރުޤަމް އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ މާލޭ ސިޓީގެ ހެންވޭރު އަވަށުގެ 64 ނަންބަރު ކޮށީގައި ކަމަށާއި ހުޅުމާލޭގައި ދާރުލް ސަލާމް އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި (ލޮޓް ނަންބަރު: 11646) ގައި ކަމަށެވެ.

އެ މިނިސްޓްރީން ވަނީ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2025 ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ވުޒާރާއަށް ލިންކު މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެދިފައެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 އޮގަސްޓް 21 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައެވެ.

މީގެ އިތުރުން މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2025 އޮގަސްޓް 5 ވާ އަންގާރަ ދުވަހުގެ 10:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުމަށް ނުވަތަ 3020252 3020212 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް