ގެއްލިގެން ހޯދަމުންދިޔަ ހަސަން ޔާމީން ވަނީ ބްރިޖުން ކަނޑަށް ފުންމާލާފައި

Loading

Facebook
Twitter
WhatsApp

މާލެއިން ގެއްލިގެން ހޯދަމުން ދިޔަ ގ. ގާރނެޓް ހަސަން ޔާމީން (30އ) ވަނީ ބުރިޖު މަތީން ކަނޑަށް ފުންމާލައިފައިކަމަށް ފުލުހުން ބުނެފިއެވެ.

ހަސަން ޔާމީން މި މަހުގެ 11 ވަނަ ދުވަހު ރޭގަނޑު 21:25 ހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން، އާއިލާއަށް ހަބަރެއް ނުވެ، ގެއްލިފައިވާއިވާ ކަމަށް ރިޕޯޓްކޮށްފައި ވަނީ ޖުލައި 14 ވަނަ ދުވަހު އެވެ.

ފުލުހުން މިއަދު ބުނީ އޭނާ ހޯދުމަށް ތަހުގީގުގެ ތެރެއިން ގިނަ އަދަދެއްގެ ސީސީޓީވީ ފޫޓޭޖް ދިރާސާ ކޮށްފައިވާ ކަމަށެވެ.

އެގޮތުން ޖުލައި 13 ވަނަ ދުވަހުގެ ފަތިހު 3:24 އެހާކަންހާއިރު ހަސަން ޔާމީން ސިނަމާލެ ބްރިޖުން މޫދަށް ފުންމާލާ މަންޒަރު ސީސީޓީވީ ފޫޓޭޖުން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އަދި މި މައުލޫމާތު އޭނާގެ އާއިލާއަށް ހިއްސާކޮށް، އާއިލާއާ ވަރަށް ގާތުން ތަހުގީގު ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ބުނީ މި މައްސަލަައިގެ ތަހުގީގަށް ލިބުނު އެ މައުލޫމާތާއި ގުޅިގެން، މެރިން ޕޮލިހާއި އެމްއެންޑީއެފްގެ ކޯސްޓްގާޑު ގުޅިގެން، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަަށެވެ.

ހަމައެހެންމެ މި މައްސަލައާ ގުޅޭގޮތުން، ޔާމީންގެ އާއިލާއަށް އިހްތިރާމް ކުރުމުގެ ގޮތުންނާއި ތަހުގީގެ ނަޒާހަތްތެރިކަން ހިފެހެއްޓުމަށް ސައްހަކަން ކަށަވަރު ނުކުރެވޭ މަޢުލޫމާތު ނުފެތުރުމަށާއި ފުލުހުންގެ ޚިދުމަތުން ރަސްމީކޮށް ފޯރުކޮށްދޭ މަޢުލޫތުގެ މައްޗަށް ބަރޯސާވުމަށް ފުލުހުން ވަނީ އެންމެހާ ފަރާތްތަކުގެ ކިބައިން އެދިފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް