ތ. އަތޮޅުގައި އައިޑީ ކާޑުގެ ހިދުމަތް ފަށައިފިއެވެ. އެ އަތޮޅުގައި އައިޑީކާޑުގެ ޚިދުމަތް ފަށާފައި ވަނީ ތ. ވޭމަންޑޫގައެވެ.
ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނީ، ތ. އަތޮޅުގައި ވެސް އައިޑީ ކާޑުގެ ހިދުމަތް ފަށާފައިވާ ކަމަށެވެ. އަދި މިހާރު 27 ރަށަކުން އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރަމުން އަންނަ ކަމަށް ޑީއެންއާރުން ބުނެފައި ވެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެކެވެ.
އައިޑީކާޑު، ޕްރިންޓް ކުރުމުގެ ޚިދުމަތް ފުރަތަމަ ފަހަރަށް އަތޮޅުތެރޭގެ ރަށެއްގައި ފަށާފައިވަނީ ގއ. ވިލިނގިލީގައެވެ.