ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ވިނަރެސް ޓަވަރުން ޒުވާން ފިރިހެނަކު ވެއްޓިއްޖެ އެވެ.
ފުލުުހުން ދެންމެ ބުނީ ވިނަރެސް ޓަވަރު އަށަކުން މީހަކު ވެއްޓިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ވެއްޓުނު މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ ވިނަރެސް ޓަވަރުގެ އަށަކުން ވެއްޓިފައި ވަނީ 18 އަހަރުގެ ދިވެހި ޒުވާން ފިރިހެނެއް ކަމަށެވެ.
މި ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.