އިނގިރޭސިވިލާތުގެ އަސްކަރީ މާހިރަކު ދާދިފަހުން ކިޔައިދީފައިވާ ގޮތުގައި ޣައްޒާގައި އިންސާނުންގެ ލޯތަކަށް ނުފެންނަ ބާރުތަކެއް ވެއެވެ.
އެހެނީ ޙަމާސްގެ މުޖާހިދުންނާ ދެކޮޅަށް، މި ހަނގުރާމަ ޒަޔަނިސްޓުން ބޭނުންވާ ގޮތައް ކުރިއަކަށް ނުގެންދެވޭކަމީ މީގެ އަލިގަދަ ދަލީލެކެވެ.
ހަމަ އެހެންމެ އެމެރިކާގެ އަސްކަރީ މާހިރަކު ބުނެފައިވާ ގޮތުގައި، އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން އިޒުރޭލަށް ހަތިޔާރު ފޯރުކޮށް ދިނުމަށް އެތައް ބިލިއަން ޑޮލަރެއްގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. އަދި އިޒުރޭލަށް ފޮނުވަދީފައިވާ ހަތިޔާރަށް ބަލާއިރު، އެއީ ޣައްޒާއަށް ވުރެ ދިހަ ގުނަ ބޮޑު ސަރަހައްދެއް އެއްކޮށް ފަނާކޮށް ބިމާއި ހަމަކޮށްލުމަށް ފުދޭވަރަށްވުރެވެސް ގިނަ ހަތިޔާރެވެ.
އެއީ ގާތްގަނޑަކަށް 6 ނިއުކުލިއަރ ބޮމާއި އެއްވަރުގެ ހަތިޔާރެވެ. އަދި އެއީ ދުނިޔެ އަންދާ އަޅިޔަށް ހަދާލައި، ދުނިޔެއަކީ އިންސާނުންނަށް އުޅެން އެކަށީގެންނުވާ ތަނަކަށް ހަދައި ލެވޭހާ ހަތިޔާރެވެ.
އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި، ޣައްޒާގެ ޖައްވުގައި ހުރިހާ ބާވަތެއްގެ ޖާސޫސީ މަތިންދާބޯޓު ތަކުން ވަނީ ތޮއްޖެހިފައެވެ. އިޒުރޭލާއި، އެމެރިކާއާއި، އިނގިރޭސިވިލާތާއި، ފްރާންސާއި އަދި ޖަރުމަނުގެ މަތިންދާބޯޓުތަކުން ސައުވީސް ގަޑިއިރު ދަނީ ޣައްޒާގެ ބިމުގެ ކޮންމެ ޙަރަކާތެއް ވަރަށް ގާތުން، ވަރަށް ސާފުކޮށް، ފަންނީގޮތެއްގައި ބަލަމުންނެވެ.
އެކަމަކު، ޙަމާސްގެ މުޖާހިދުން ނުކުމެ، އިޒުރޭލު ސިފައިންގެ ޓޭންކުތަކާއި، އުޅަނދުތައް ނައްތާލައި، ގިނަސިފައިންތަކެއް މަރާލާ، ބަޑިޖަހާ، ގޮވާތަކެތި ހަރުކޮށް އިޒުރޭލު ސިފައިންގެ އުޅަނދުތަކުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި އެވަނީ ނައްތާލާފައެވެ.
އިޒުރޭލުގެ އެތައް ހާސް ސިފައިން މަރުވެ، އެތައް ބަޔަކު ޒަޚަމްވެފައި ވާއިރު، ޖާސޫސީ މަތިންދާބޯޓު ތަކަށް ފާހަގަކުރެވެނީ ވަރަށް މަދު ބައެއްގެ ޙަރަކާތްތަކެއްކަން ގަބޫލު ކުރެވިއްޖެ އެވެ.
ޣައްޒާގެ ސަރަޙައްދަކީ ގާތްގަނޑަކަށް 365 އަކަ ކިލޯމީޓަރެވެ. އާބާދީއާއި ބޯހިޔާވަހިކަމަށް، ޣައްޒާގެ ސަރަޙައްދުގެ %75 އާ އެއްވަރު ސަރަޙައްދެއް ބޭނުންކުރެވެއެވެ. މި ސަރަޙައްދަށް އިޒުރޭލުގެ ސިފައިން ވަނީ އެފް-15 އާއި، އެފް-35 އަދި އަޕާޗޭ ހެލިކޮޕްޓަރު ބޭނުންކޮށްގެން ޖައްވާއި، ބިމާއި އަދި ކަނޑު މަގުން އެތައްހާސް މިސައިލާއި، އެތައްހާސް ބޮމާއި، އަދި އާޓިލަރީ ޝެލްތަކުގެ އިތުރުން އެތަކެއް ޑްރޯން ޙަމަލާތަކެއް ދީފައެވެ.
ދުނިޔޭގައި އުފައްދާފައިވާ ހަތިޔާރަށް ބަލާއިރު، ބޮޑެތި ޢަދަދުތަކުން އިޒްރޭލު ސިފައިން މި ހަނގުރާމައިގައި ބޭނުން ނުކުރާ އެއްވެސް ބާވަތެއްގެ ހަތިޔާރެއް މިހާރު ނެތެވެ.
އެމެރިކާގެ އަސްކަރީ އިތުރު އެހެން މާހިރަކު ބުނެފައިވެއެވެ. ގައްޒާގެ ކުޑަކުދިން ނުގޮވާހުރި ރޮކެޓްތަކާ ކުޅެ އުޅޭ ވީޑިއޯތައް އަހުރެމެން ބަލާފައި ވާނެއެވެ. އެއީ މުޢުޖިޒާތެކެވެ. އަހުރެމެންގެ ލޮލަށް ނުފެންނަ ހަނގުރާމަވެރިން ތަކެއް އެތާނގައި އެބަ ތިބިކަމަށް ގަބޫލުކުރެވެއެވެ.
ގަބޫލުކުރަން ޖެހެނީ އެއީ އިލާހީ ނިޢުމަތެކެވެ. ނިކަން ވިސްނައި ފިކުރު ކޮށްލަމްތޯއެވެ! އަހުރެމެންނަށް ފެންނަނީ ޙަމާސްގެ މުޖާހިދުން އަދިވެސް އެހާމެ ގަދަ ހިތްވަރާއި ޢަޒުމާއެކު، ޒަޔަނިސްޓު އިޒުރޭލުގެ އުޅަނދުތަކުގެ ކައިރިއަށް ގޮސް ބޮން ހަރުކޮށްފައި ދާތަނެވެ. އެއީ ވަރަށް ނުރައްކާތެރި އަދި ވަރަށް ބިރުހުރި ކަމެކެވެ.ހަމާސް ޖިހާދު އެކުރަނީ އެވަރުގެ ވަރުގަދަ ޢަޒުމަކާއި އެކުގައި ކަމުން، އާޚިރުގައި ކާމިޔާބު ލިބޭނެއެވެ.
ޣައްޒާގެ ކުޑަކުދިން އެއްވެސް ބިރެއްނެތި ރޮކެޓްތަކާ ކުޅޭގޮތް ނިކަން ބަލާބަލާށެވެ. އަހުރެމެންގެ ޤައުމުގައި ނުވަތަ ފަނާކުރަނިވި ހަތިޔާރު އުފަށްދާ އެއްވެސް ޤައުމެއްގައި މިފަދަ ހަތިޔާރެއް ފެނިއްޖެނަމަ، އިންޖިނިއަރިންގ ފުލުހުންނާއި، ގޮވާތަކެތީގެ މާހިރުންނާއެކު ހަތިޔާރާއި ބެހޭ ޚާއްސަ ޔުނިޓުތައް އެ ސަރަޙައްދަކަށް ޖަމާވެ، ސަލާމަތީ ސަބަބުތަކަށްޓަކާ، އެތަނެއް ކޯޑަން ކުރާނެއެވެ.
ނިކަން ބުނެބަލާށެވެ. އެކުދިން ޙިމާޔަތް ކުރަނީ ކާކު ހެއްޔެވެ؟ އެއީ އިލާހީ ނިޢުމަތްނޫން ދެންކޯއްޗެއްތޯއެވެ. އަދި ޙަމާސްގެ މުޖާހިދުން ވަނީ، ނުގޮވާ ހުރި ރޮކެޓްތަކުގެ ތެރެއިން ބައެއް ރޮކެޓްތައް އަލުން ބޭނުންކުރެވޭ ގޮތް ހަދައި، އެންމެ ރޮކެޓެއް ބޭނުންކޮށްގެން އިޒުރޭލު ސިފައިންގެ އެތައް އުޅަނދެއް ގޮއްވާލުމުގައިވެސް ކާމިޔާބު ހޯދާފައެވެ.
މިއީ އަހުރެމެން ކަހަލަ އާދައިގެ އިންސާނުންނެއް ނޫނެވެ. އެމީހުންނަށް މި ތަފާތު، އަދި އާދަޔާއި ޚިލާފު ތަމުރީނުތައް ލިބުނީ ކޮންތާކުން ހެއްޔެވެ؟ އިޒުރޭލުން އެވަނީ އެމީހުންނަށް ކާމިޔާބު ނުކުރެވޭނެ ހަނގުރާމައެއްގެ ތެރެއަށް ވަދެފައެވެ. އިޒުރޭލަށް އިންސާނީ ގޮތުންނާއި، ނަފުސާނީ ގޮތުން ލަޝްކަރެއް ބިނާކުރުމަށް އެތަކެއް އަހަރެއް ބޭނުންވާނެއެވެ. އެކަމަކު، ޣައްޒާ ދިފާޢުކޮށް ޖިހާދުވަމުންދާ މުސްލިމުންގެ ކިބައިގައި އެހުންނަ ފަދަ ހަނގުރާމައިގެ ރޫޙެއް އުފެއްދުމަކީ މުސްތަޙީލު ކަމެކެވެ.
ނަސްރު އޮތީ ވަރަށް ގާތުގައެވެ!
އިންޝާ