ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި މިހާރު ތިބި މުވައްޒަފުންގެ އަދަދު ހާމަކޮށްފި

Loading

Facebook
Twitter
WhatsApp

ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި މިހާރު ތިއްބެވި މުވައްޒަފުންގެ އަދަދު ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ވަނީ ސިޔާސީ މަޤާމުތަކަށް މިހާރު ޢައްޔަނު ކުރައްވާފައި ތިއްބެވި މުވައްޒަފުންގެ ޖުމްލަ ޢަދަދާއި މުވައްޒަފުން ޢައްޔަނު ކުރައްވާފައިވާ އެކި ގިންތިތައް ހާމަކުރައްވާފައެވެ.

އެގޮތުން ރައީސް އޮފީހުން ވިދާޅުވީ ސިޔާސީ މަޤާމުތަކަށް މިހާރު ޢައްޔަނު ކުރައްވާފައި ތިއްބެވި މުވައްޒަފުންގެ ޖުމްލަ ޢަދަދަކީ، 922 ކަމަށެވެ.

”ސިޔާސީ މަޤާމުތަކަށް ޢައްޔަނުކުރައްވާ ބޭފުޅުން ވަކިކުރެއްވުމާއި، އިސްތިޢުފާ ދެއްވުމާއި، އަދި އަލަށް ބޭފުޅުން ޢައްޔަނު ކުރެއްވުމަކީ، ކޮންމެ ރިޔާސީ ދައުރެއްގެ ތެރޭގައިވެސް ހިނގަހިނގާ ހުންނަ ކަމަކަށް ވާތީ، ސިޔާސީ މުވައްޒަފުންގެ ޖުމްލަ ޢަދަދަށް، އަބަދުވެސް ބަދަލު އަންނަމުން ދާނެ“ ރައީސް އޮފީހުން ވިދާޅުވިއެވެ.


މީގެ އިތުރުން ރައީސް އޮފީހުން ވަނީ މިހާރު ތިއްބެވި ސިޔާސީ މުވައްޒަފުންގެ ގިންތިތައްވެސް ހާމަކުރައްވާފައެެވެ.

ސިޔާސީ މުވައްޒަފުންގެ ގިންތިތަކުގެ ތެރޭގައި:

– ވަޒީރުންގެ ގޮތުގައި 20 ބޭފުޅުން
– ވަޒީރުންގެ ފެންވަރުގައި 14 ބޭފުޅުން
– ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 93 ބޭފުޅުން
– ސްޓޭޓް މިނިސްޓަރުން ފެންވަރުގައި 07 ބޭފުޅުން
– ޑިޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 216 ބޭފުޅުން
– ޑިޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 20 ބޭފުޅުން
– ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 318 ބޭފުޅުން
– ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 08 ބޭފުޅުން
– ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 169 ބޭފުޅުން
– ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 04 ބޭފުޅުން
– އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 04 ބޭފުޅުން
– އެހެނިހެން ސިޔާސީ މަޤާމުތަކުގައި 49 ބޭފުޅުން

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް