ދެން މައްޗައް ނާރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވި ޑޮލަރ މިއަދު އެވަނީ 20 ރުފިޔާއަށް އަރާފައެވެ. ރައީސް މުޢިއްޒު ރައްޔަތުންނަށް ވިދާޅުވާ ހަމަ އެއްވެސް އެއްޗެއް އެގޮތަކަށް ދިމާނުވާ ސަބަބު ހޯދަންޖެހެ އެވެ.
އެހެނީ ގައިމުވެސް ދޮގެއް ހެއްދެވުމުގެ ނިޔަތެއްގައި އެފަދަ ވާހަކަފުޅުތައް ރައްޔަތުންގެ ކަންބޮޑުވުންތަކަށް ހުވަފެނީ ހައްލެއް ހޯއްދަވައިދެއްވާކަށް، ވިދާޅެއް ނުވާނެ ނޫންތޯއެވެ.
ވީއިރު މައްސަލައަކީ ކޮބައިބާއެވެ. އެގެން ބޭނުންވެއެވެ. އެހެނީ ރައީސްއަކީ މި ވަގުތުގެ މި ގައުމު 5 އަހަރު ދުވަހުގެ މުއްދަތަށް ހިންގަދޭން ޙަވާލު ކުރެވިފައިވާ ވެރިޔާ އެވެ. އޭނާގެ ބޮލުގައި ރައްޔަތުން ގަދަބާރުން ވެރިކަމެއް އެޅުވީކީ ނުމެނޫނެވެ.
ރައްޔަތުންގެ ގާތައް ތިރިވެ، ސައިޒް ވެގެން ވޯޓަށް ސަލާމްޖަހައި، މައިކަނޑުގައި ބިއްލޫރި ޓަނަލެއް ގަލާއި ހިތްހަމަ ޖެހުމާއި އެކު ރައްޔަތުމީހާ އުޅެވޭނެ އެންމެހާ ކަމެއް ކޮށްދެއްވައި، ކުރީގެ ”ޗޯރު އިބުރޭ“ ގެއްލުވާލި ކަނޑުގެ ބަޔާއި، އިންޑިޔާ ދިވެހިރާއްޖެ ބުލީކުރުން ހުށްޓުވުމާއި، މިނިވަންކަން އަނބުރާ ހޯދުމާއި ވަރަށް ވަރުގަދަ ރަތްރޮނގެއް ދަމާލެވިގެން ހިންގަދޭނެ ހެޔޮވެރިކަމެއްގެ ވާހަކަޔާއި، ދެން މިހެންގޮސް ނުކުރާ ވައުދެއް ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
އަދި ނުވިތާކަށް ރައީސްގެ ޢަދާލަތުގެ މުފްތީ އިސްލާމިކް މިނިސްޓަރު ވެސް ރައީސް މުޢިއްޒު ވެރިކަމަށް އިސްކުރަންޖެހޭ ސަބަބުތައް ބިސްމިނުގެ ބަރަކާތުން، އަލްޙަމްދު ކިޔުއްވައި ޙަމްދު ކުރައްވާ، ރަސޫލާއަށް ސަލަވާތް ވިދާޅުވެ އަދި އަސްޙާބު ބޭކަލުންނަށް މަދަޙަ ސަނާ ވިދާޅުވެ ރައްޔަތުންނަށް ވަޢުދުވެވަޑައި ދަތެވެ.
“ ރައްޔިތުން ހާސްކަނޑާލާށެވެ! “ މިއީ 2018 ގައިވެސް ތިމަން މަނިކުފާނު ތި ބޭފުޅުންގެ އަރިހުގައި ދެންނެވި ވާހަކަތަކެވެ. މި ވާހަކަތައް (މިދޮގުތައް) ތަކުރާރުކުރަން އިތުރު ފުރުސަތެއް އަޅުގަނޑަށް ނުލިބިދާނެއެވެ.
ހާސްކަޑާލާށެވެ! ޢަރަބީން ކައިގެން ތިބިއްޔާ ދިވެހިން ތިބޭނީ ކައިގެނެވެ. ކާށިދޫ ކައިރިން ޢަރަބި ކަރަތަކުގެ ތެޔޮހޮޅިތައް އޮންނާނީ ދިވެހިންނަށް ދިއްކޮށްލާފައެވެ. އުފާވެރިކަމުގެ ޚަބަރުތަކުން ދިވެހިން ހިތް ފުރާލަ ދެއްވި އެވެ. އަދި މިއީ ދޮގުތަކެއް ނޫންކަން ރައްޔަތުންނަށް ޔަގީންކޮށް ދެއްވި އެވެ.
އެއީ ވޯޓަށް ސަލާމްޖެހި ދުވަސްވަރެވެ. ދިވެހިންގެ ގިނަބަޔަކު މިއަދު އެއީ “ ހަރުބީ ދޮގު“ ހޮޅި ވާހަކަ ތަކެއް ކަމަށް އަޑަށް ބާރުލައި، މިވަނީ ގޮވަން ފަށާފައެވެ.
މި ރައީސްގެ އަހާ ޕްރޮގްރާމަކީ އަދިވެސް އެ ދޮގުތަކަށް ދޮގުން ޙައްލެއް ހޯދުމަށް ބޭއްވޭ ދޮގު ޕްރޮގްރާމެކެވެ.
ކެފޭތަކާއި، ހޮޓާ ހޮޓަލުގަޔާއި، މަސްމާރުކޭޓާއި ރަށްރަށުގެ ހޮޅުއަށި ތަކުގައި އެގޮވާ ގޮވެލި ފަތި ކަންފަތްޕުޅަށް އަޑުއިއްވަދޭނެ އިޚްލާސްތެރިޔަކު އަރިހުގައި ނެތް ކަހަލަ އެވެ.
އެވީއެއްޗެއް ހަމަގައިމު އެނގުނު މީހަކާއި ދިމަލެއް ނުވިއެވެ.
މިއަދުގެ ޑޮލަރު ރޭޓަކީ، ބޭންކް 15.42ރ ވަގުބާޒާރުގައި 20 ރުފިޔާއެވެ.
މުއިއްޒު ރައީސްކަމަށް ހޮވުނުކަމާއި މެދު މޮޔަ ހީވެގެން ގިސްލައި ރޮމުންދާ މީހުނާއި އަނގައިން ކުޅުހިކިފައި ހާސްކަމެއްގެ ތެރޭގައި އުޅޭމީހުން ގައުމުގެ މެޖޯރިޓީއަށްވީއިރު، އިސްލާމިކް މިނިސްޓަރާއި ރައީސް މީހާގެ ގުޅުމެއް ރައްޔަތުންނަކާ ނެތެވެ. ވިދާޅުވާނީ ތިމަން މަނިކުފާނު އަބަދުވެސް ހުންނަވާނީ ރައްޔަތުންގެ ފަޅީގައި ކަމަށެވެ .
މި ވާހަކަވެސް މިގޮތަށް ތެދަށް ދެންނެވުމުން ވެސް، ރުޅިގަދަވާނީ ލިޔުނު މީހާ ދެކެއެވެ.
އެކި މީހުނަށް ކުރެވޭނީ އެކި ކަންކަމެވެ. ދެން އިސްތިޢުފާ ދެއްވައި ރައްޔަތުންގެ އަރިހުން، ވޯޓަށް ސަލާމް ޖެއްސެވިއިރު ހެދުނު އެ ހެއްދެވުނު ދޮގުތަކުގެ މައްޗަށް މަޢާފަށް އެދިވަޑައިގަންނަވާށެވެ.
2 Responses
ކުރުކޮށް ފޮނިކޮށް ތިއޮތީ ތެދަށް ބުނެދެވިފައެވެ. ދެންވެސް ރައްޔިތުންގެ ފަޅިއަށް ޖެހިލުމުން އަދިވެސް ދިވެހިން މަޢާފް ގަބޫލު ކުރާނެއެވެ. އެހެނަސް މަތިމައްޗަށް ހެނދުނު ގޯސްތަކަށް އެއްބަސްވެވޭނީ ފިސާރި ފިރިހެނަކަށެވެ.
މައްސަލަޔަކީ ރައީސްމީހާ ސްޓޭޖްގައި ފައިޖަހާފަ ޑޮލަރު މައްޗަކަށް ނާރާނޭ، ޑޮލަރު އެމްއެމްއޭ އަށް މާރުކުރުވީމާ ދަށަށްދާނޭ ވިދާޅުވެފައި އެގޮތައް 470 މިލިއަން އެމްއެމްއޭ އަށް ޓްއަރިސްޓް ރެސޯޓްތަކުން މާރުކޮށްދިނީމާ އަދި ކުރިޔަށްވުރެވެސް އަގުބޮޑުވީކަމެވެ. ކޮބާހޭ އެލިބުނުހާ ޑޮލަރުތައް؟ ހަމަ ގައިމުވެސް އެ ބްލެކްމާކެޓްގައި އެންބުރުނުނަމަ ބްލެކް 20 ރުފިޔާއަށް ނޭރީހޭ އަދި އެ ލިބުނު ޑޮލަރުތައް ބޭންކްތަކަށް ދީގެން ރައްޔަތުންނަށް ކޮންމެވެސް ވަރަކަށްދިނުމަށް އެންގައި ބެލެހެއްޓިނަމަ ބޭރުގައުމުތަކުގައި ދިރިއުޅޭ ކިޔަވާކުދީންނާއި ޢާއިލާތަކަށް ލުޔެއް ލިބުނީސްނޫންތޯއެވެ؟ ވާހަކަ ދެއްކުން މަދުކޮށްފާ ޢަމަލު ގިނަކުރަންވީއެވެ. ޝުޖާ ބުނާހެން، ހެޕީ؟ ހެޕީ؟ތަ