އޭޑީކޭ ހޮސްޕިޓަލްގެ ފަރާތުން ބ.އަތޮޅުގައި މެޑިކަލް ކޭމްޕެއް ފަށައިފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ އޭޑީކޭ ހޮސްޕިޓަލާއި ބ.އަތޮޅު ކައުންސިލާއި އޭދަފުށި ކައުންސިލާއި، އެ އަތޮޅު ސިއްޙީ ޚިދުމަތްދޭ ތަންތަން ގުޅިގެން ބ.އަތޮޅުގައި މިއަދު ފެށި މެޑިކަލް ކޭމްޕްގައި ޑރ.އަށް ދެއްކުމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ.
”އެންމެ ބަލި މީހުންނަށް އިސްކަން ދިނުމަށް ޓަކައި އެޕޮއިންޓްމެންޓް ދިނުމުގެ ކުރިން ސްކްރީން ކުރެވޭނެ“ އެ މިނިސްޓްރީން މައުލޫމާތުދެއެވެ.
ހެލްތު މިނިސްޓްރީން ބުނީ މި މެޑިކަލް ކޭމްޕްގައި ފަރުވާ ދެވޭ ބަލިތަކުގެ ތެރޭގައި ނަފްސާނީ ބައްޔާއި، ފުއްޕާމޭގެ ބަލި، ހަކުރު ބަލި، ހޯމޯންސް، ތައިރޮއިޑް ބައްޔާއި އާއްމު ބަލިތައް ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ކުޑަކުދިންގެ ޞިއްޙަތަށް ހޭލުންތެރިކުރުމުގެ ސެޝަންތަކާއި ކޮންސަލްޓޭޝަންސް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ އަދި އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.