ބިންވެރިޔާ ސްކީމުން ގުޅީފަޅުން ގޯތި ލިބުނު މީހުނަށް ރަޖިސްޓްރީ ދޫކުރަން ފަށައިފިއެވެ.
ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ގުރުއަތު ނެގުމަށްފަހު ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަން ފަށާފައި ވަނީ މިއަދު އެވެ. މިއަދު ހެނދުނު ފެށި މި މަސައްކަތް ކުރިއަށްދަނީ ހައުސިން މިނިސްޓްރީ ކުރިން ހިންގި އިމާރާތް ބިމުގައެވެ.
ގުޅީފަޅަކީ މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ސަރުކާރުގެ އަމާޒަކީ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތްވީހާ ވެސް އަވަހަކަށް ނިންމައި، ގޯތި ލިބިފައިވާ ފަރާތްތަކަށް ބިމުގެ ބާރާއި މިލްކުވެރިކަން އަވަހަށް ދިނުން ކަމަށެވެ.