މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)އިން ހޮޓްލައިން ނަންބަރެއް ތައާރަފުކޮށްފިއެވެ.
އެމްބީއެސް އިން ތަޢާރަފްކުރި ހޮޓްލައިން ނަންބަރަކީ 7333645 އެވެ.
އެމްބީއެސްއާ ހަވާލާދީ ހެލްތު މިނިސްޓްރީން މިއަދު ބުނީ އެމްބީއެސް އިން ހޮޓްލައިން ނަންބަރެއް ތަޢާރަފްކޮށްފައި ވަނީ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ޚިދުމަތް ހޯދުމުގައި ލުއި ފަސޭހަ ކުރުމުގެ މަޤްސަދުގައި ކަމަށެވެ.
އެގޮތުން އެ އިދާރާ ހުޅުވާފައި ހުންނަ ގަޑިތަކުގައި މި ނަންބަރު މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
އެ ނަންބަރުން ވައިބާ އާއި ވަޓްސްއެޕް މެދުވެރިކޮށް ވެސް މައުލޫމާތު ސާފު ކުރެވޭނެގޮތް ވަނި ހަމަޖައްސާފައެވެ.
![]()
