ދިވެއްސަކު ބަންދުކޮށްގެން ގެންގުޅުނު މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

Loading

Facebook
Twitter
WhatsApp

މާލޭގެ ގެއެއްގައި ދިވެއްސަކު ބަންދުކޮށްގެން ގެންގުޅުނު މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.


މި މައްސަލައިގައި ހައްޔަރުކުރީ ސ. ފޭދޫ، ސުވާސާގެ، އިބްރާހީމް ސައީދު (48 އ) އެވެ.

ފުލުހުން އިއްޔެ ބުނީ މާލޭގެ ގެއެއްގައި ދިވެއްސަކު ރަހީނުކޮށްގެން ގެންގުޅޭކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ފުލުހުން ކުރި މަސައްކަތުން ގެއެއްގައި ބަންދުކޮށްފައި ހުރި އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ސަލާމަތްކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.

މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ދިވެހި މީހާ ހުރި ތަން ހޯދައި އިއްޔެގެ ވަގުތެއްގައި އެ މީހާ ސަލާމަތްކޮށް އިބްރާހީމް ސައީދު ހައްޔަރުކުރީ ކޮށްފައި ވަނީ ކުށުގެ ވެށިންނެވެ.

މިގޮތުން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް