ރަހީނުކޮށްފައި ހުރި ބިދޭސީއަކު ސަލާމަތްކޮށްފި

Loading

July 3, 2025
profile
Facebook
Twitter
WhatsApp

މާލޭގެ ގެއެއްގައި ރަހީނުކޮށްފައި ހުރި ބިދޭސީއަކު ސަލާމަތްކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މާލޭގެ ގެއެއްގައި ހުއްދަ ނޫން ގޮތުގައި މީހަކު ބަންދުކޮށްފައި ހުރިކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 6:00 ހާއިރު ކަމަށެވެ.

އަދި އެތަނުގެ ތަޅު ހަލާކުކޮށްލައިގެން އެމީހާ އެތަނުން ނެރެފައިވާ ކަމަށާއި އެއީ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.

މީގެ އިތުރުން އެ މީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއްވެފައިވާ ކަމަށް ފާހަގަ ނުކުރެވޭ ކަމަށާއި އެ މީހާ އައިޖީއެމްއެޗަށް ގެންދެވި ސިއްހީ ހާލަތު ބެލުމަށް ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް