ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމަށް ނަގަންޖެހޭ ލައިސަންސް ނަގަން ހަނދާންކޮށްދީފި

Loading

Facebook
Twitter
WhatsApp

ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމަށް ނަގަންޖެހޭ ލައިސަންސް ނެގުމުގެ މުއްދަތު މި މަހުގެ 17 އަށް ހަމަވާތީވެ، އެ މުއްދަތުގެ ކުރިން ލައިސަންސް ނަގަން ހަނދާންކޮށްދީފިއެވެ.

އެޗްޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ވަނީ ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމަށް ނަގަންޖެހޭ ލައިސަންސް ނެގުމަށް ބޭނުންވާ ފަރާތްތަކުން ވަން ގަވް ޕޯޓަލް މެދުވެރިކޮށް އެ ހުއްދަ ހޯދުމުގެ ފުރުޞަތު 2025 އޭޕްރީލް 17 އިން ފެށިގެން ހުޅުވާލާ، 3 މަސް ދުވަހުގެ މުއްދަތެއް ދީފައިވާނެކަން އިއުލާންކޮށްފައެވެ

އެހެންކަމުން އެ ހުއްދަ ނަގަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 17 ކުރިން ހުއްދަ ނެގުމަށް އެޗްޕީއޭ އިން ވަނީ ހަނދާންކޮށްދީފައެވެ.

މީގެ އިތުރުން މި ތާރީޚަށްފަހުގައި ލައިސަންސް ނެތި ދުންފަތުގެ ވިޔަފާރީގެ މުޢާމަލާތްތައް ކުރުމަކީ ޤާނޫނީ ގޮތުން މަނާ ކަމެއް ކަމަށް ވެސް އެޗްޕީއޭ ގެ އިއުލާނުގައި ބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް