މައިގްރަންޓް ހެލްތު ޕޮލިސީއާއެކު އެންމެންނަށް ސިއްޙީ ޚިދުމަތް ކަށަވަރުވާނެ: ހެލްތު މިނިސްޓަރު

Loading

Facebook
Twitter
WhatsApp

ބިދޭސީންގެ ސިއްޙަތާ ބެހޭ ސިޔާސަތާއިއެކު ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ވެސް ހަމަހަމަކަމާއެކު ސިއްޙީ ޚިދުމަތް ލިބޭނެގޮތް ކަށަވަރުވެގެންދާނެ ކަމަށް މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޞިއްޙަތާ ގުޅޭ ސިޔާސަތު ނުވަތަ ”ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ“ އިފްތިތާޙްކުރުމަށް މިއަދު މީރުމާގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

”ހުރިހާ އެންމެންނަށް ވެސް ހަމަހަމަކަމާއެކު ސިއްޙީ ޙިދުމަތް ލިބޭނެ ގޮތް ކަށަވަރުކޮށްދިނުމަކީ މިއަދު އަޅުގަނޑުމެން ފަޚުރުވެރިކަމާއެކު ގަބޫލުކުރާ ޒިންމާ.“މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި ފެތުރޭ ބަލިތަކުގެ މިންވަރު ކުޑަކުރުމާއި، ސިއްޙީ ޙާލަތު ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ބެލެހެއްޓުމާއި ބަލި މީހުންނަށް އެކަށީގެންވާ ފަރުވާއާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމާއި ފަރުވާ ހޯދުމަށް ދިމާވާ ގޮންޖެހުންތައް ވެސް މި ޕޮލިސީ އާއެކު ކުޑަކުރަވިގެންދާނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް