ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ތިން ފަހުމުނާމާއެއްގައި ސޮއިކޮށްފި

Loading

Facebook
Twitter
WhatsApp

ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ތިން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އެ ފަހުމުނާމާތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ރަސްމިއްޔާތުގައި ސޮއިކޮށްފައި ވަނީ:

  1. ޤާބިލުކަން ބިނާކުރުމުގެ ދާއިރާއިން އެއްބާރުލުންދިނުމާ ގުޅޭގޮތުން ދިވެހި ސަރުކާރާއި ސިންގަޕޫރު ސަރުކާރާ ދެމެދު ވެވޭ ފަހުމުނާމާ
  2. ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާ އާއި ސިންގަޕޫރުގެ މިނިސްޓްރީ އޮފް ސަސްޓެއިނަބިލިޓީ އެންޑް އެންވަޔަރަމަންޓާ ދެމެދު ވެވޭ ފަހުމުނާމާ
  3. މަތީ ތަޢުލީމާއި، ތަޢުލީމީ ސިޔާސަތާއި، ފަންނީ އަދި ވޮކޭޝަނަލް ތަޢުލީމާއި ދިރާސާގެ ދާއިރާއިން އެއްބާރުލުންދިނުމާ ގުޅޭގޮތުން، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އާއި ސިންގަޕޫރުގެ އިންސްޓިޓިއުޝަން އޮފް ޓެކްނިކަލް އެޑިއުކޭޝަނާ ދެމެދު ވެވޭ ފަހުމުނާމާ

ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި ހިމެނޭ، މި ފަހުމުނާމާތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ ސިންގަޕޫރުގެ މިނިސްޓްރީ އޮފް ފޮރިންއެފެއާޒްގައެވެ.

Loading

One Response

  1. ހަބޭހަށް ސޮއިކުރެވިދާނެއެވެ. ވާނޭކަމެއް ޙަރާމްއެވެ. އެހެނީ ގައުމެއްގެ ޢަދުއިންސާފު ފުނޑާލީމާ ކާކުތޯ އަންނާނީ އަތުގައިއޮތް ލާރިފޮއްޗެއް ހިފައިގެން. މާދަމާވެސް ގަނެފާ އެތިބޭ މެމްބަރުން ބޭނުންކޮށްގެން ގާނޫނުފާސްކޮށް ހަބޭހަށް ޓެސްތައް ބޮޑުކޮށްފާނެއެވެ. މިހާރުވެސް އެހެން ހަދައިފި ނޫންތޯެއެވެ. ވީމާ މާދަމަ ގައުމުގެ ގާނޫނާއި ގަވާޢިދުތައް ޓަސްޓަސްލައިފާ ބަދަލުވާ ތަނަކަށް އިންވެސްޓަރުންނެއް ނުއަންނާނެއެވެ.

Leave a Reply

ފަހުގެ އަޕްޑޭޓް