ލޭންޑިން ކުރާފްޓް ބަނޑުން ޖަހާލި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ އެތެރޭގެ ތަހުގީގެއް!

Loading

Facebook
Twitter
WhatsApp

މި މަހުގެ 25 ވަނަ ދުވަހު މާލެ އިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކް ކުންފުނީގެ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ އެތެރޭގެ ތަހުގީގެއް ފަށައިފިއެވެ.

އެ އުޅަނދުގައި ހަ މީހުން ދަތުރުކުރި އިރު އޭގެ ތެރޭގައި ދެ ސިފައިންނާއި އާންމު މީހަކާއި ތިން ބިދޭސީން ހިމެނެއެވެ.

އެ ހާދިސާގައި ވޮރަންޓް އޮފިސަރު 2 އަލީ ހާމިދު ވަނީ ނިޔާވެފައެވެ. އަދި ބަނގްލަދޭޝްއަށް ނިސްބަތްވާ ބިދޭސީ ފަޅުވެރިޔަކު ގެއްލިގެން އަންނަނީ ހޯދަމުންނެވެ.

އެ ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފުން މިއަދު ބުނީ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލީ ކާށިދޫ ކަނޑުގެ ތެރެއިން ޅ. އަތޮޅާއި ފަސް ވަރަކަށް މޭލަށް ކައިރިވެފައިވަނިކޮށް، ދިޔަވާން ފަށައި، ކުއްލިއަކަށް ލޭންޑިން ކްރާފްޓް އަދި އަޅާލައިގެން ކަމަށް އުޅަނދުގެ ކެޕްޓަން މައުލޫމާތުދީފައިވާ ކަމަށެވެ.

ނަމަވެސް އެކަން ހިނގައިދިޔަ ގޮތް އެމްއެންޑީއެފުން އެކަމަށް ކަނޑައަޅާފައިވާ ބޯޑުން އިތުރަށް ބަލަމުން އަންނަ ކަމަށް ބުނެފައި ވެއެވެ.

އެމްްއެންޑީއެފުން ބުނީ ވޮރަންޓް އޮފިސަރު 2 އަލީ ހާމިދުގެ ހަށިގަނޑު ނެގީ ބަންޑުން ޖަހާލާފައިވާ ލޭންޑިން ކްރާފްޓުގެ ވީލްހައުސް ތެރެއިން ކަމަށާއި ގެއްލުނު ބިދޭސީ ފަޅުވެރިޔާ އިންޖީނު ރޫމުގެ ތެރޭގައި ވީކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް