ހަތަރު ރަށެއްގައި އިސްލާމީ މަރުކަޒާއި 10 ރަށެއްގައި މިސްކިތް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ މި މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 16 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ.
އިސްލާމީ މަރުކަޒު ބިނާ ކުރަން ހަމަޖެހިފައިވާ ރަށްތަކަކީ:
ހއ.އިހަވަންދު
ށ. ފުނަދޫ
ޅ.ނައިފަރު
ގއ. ވިލިނގިލީ
ފިނޭންސް މިނިސްޓްރީން ބުނީ އިހަވަންދޫ، ފުނަދޫ އަދި ވިލިނގިލީގައި އިސްލާމީ މަރުކަޒު ބިނާކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 102،000 ރުފިޔާ ހުށަހަޅަންޖެހޭނެ ކަމަށެވެ.
ނައިފަރުގައި އިސްލާމީ މަރުކަޒު ބިނާ ކުރުމަށް 126،000 ރުފިޔާ ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.
މިސްކިތް ބިނާ ކުރަން ބިޑަށް ހުޅުވާލާފައިވާ ރަށް ތަކަކީ:
ރ. މީދޫ
ކ.ގުޅި
އއ. މަތިވެރި
އދ. ފެންފުށި
ފ. ފީއަލި
ދ. ރިނބިދޫ
ގދ. ނަޑެއްލާ
ގދ.މަޑަވެލި
ގދ. ހޯނޑެއްދޫ
ގދ. ފަރެސްމާތޮޑާ
ފިނޭންސް މިނިސްޓްރީން ބުނީ މި މަޝްރޫއުތަކަށް ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް އަންނަ ޖުލައި މަހުގެ 16 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ކަމަށެވެ.
![]()
