މާންދޫގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

Loading

Facebook
Twitter
WhatsApp

ލ. މާންދޫގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ލ. ގަން ޕޮލިސް ސްޓޭޝަނުން ހިންގައިފިއެވެ.


 

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.

 މި ޕްރޮގްރާމުގައި 250 އެއްހައި މުވައްޒަފުންނަށް މައުލޫމާތު ދީފައިވެއެވެ.

ފުލުހުންގެ ބުނީ މި ޕްރޮގްރާމުގައި، ވަޒީފާއާ ބެހޭ ގާނޫނާ ގުޅުންހުރި ބައިތަކާއި، ސްކޭމް މައްސަލަތައް އަދި ޓްރެފިކް މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ވަޒީފާއާ ބެހޭ ގާނޫނޫގެ މަގުސަދުތަކާއި، ވަޒީފާދޭ ފަރާތަށާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް އެ ގާނޫނުން ލިބިދޭ ހައްގުތަކުގެ އިތުރުން ބިދޭސީން ގެންނަ ފަރާތްތަކުން އަދާކުރަންޖެހޭ ހައްގުތަކަށް އަލިއަޅުވައި މައުލޫމާތު ދީފައިވެއެވެ.

ހަމަ އެހެންމެ ރާއްޖޭގައި މިހާރު ހިންގަމުންދާ ސްކޭމްގެ މައްސަލަތަކާއި އެފަދަ މައްސަލަތަކުން ރައްކާތެރިވެތިބުމަށް މަސައްކަތްކުރާނެ ގޮތާއި ނުދަންނަ ފަރާތްތަކާ އޯޓީޕީ ހިއްސާ ނުކުރުމަށާއި، ސޯޝަލް މީޑިއާގައި ހިންގާ ސްކޭމްތައް އަދި އެކަންކަމުން ދުރުހެލިވެވޭނެ ގޮތްތައް ވެސް ކިޔައިދީފައިވެއެވެ.

މީގެ އިތުރުން، އެއްގަމު އުޅަނދު ދުއްވާއިރު ސަމާލުކަންދޭންޖެހޭ ކަންކަމާއި ޓްރެފިކް ނިޝާންތަކަށް ސަމާލުކަން ދިނުމުގެ މުހިންމުކަމާއި، ލިންކު ރޯޑުގައި އުޅަނދު ދުއްވުމުގައި އަމަލުކުރާނެ ގޮތްތަކާއި މަގުމަތީގެ އަދަބުތައްވެސް އެ ޕްރޮގްރާމްގައި ކިޔައިދީފައިވެއެވެ.
.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް