ތިރީގައި މިވަނީ ޓެރަރިސްޓް އިޒްރޭލުން ހަލާކުކޮށްލި ފަލަސްޠީނުގެ ޣައްޒާގެ ހޮސްޕިޓަލްތަކެވެ. ހަމައެކަނި މި ހުރިހާ ހޮސްޕިޓަލްތަކެއް ހަލާކު ކޮށްލީއެއް ނޫނެވެ. އެތައް ޑޮކްޓަރުންނާއި ނަރުހުންނަކާއި ޞިއްޙީ ޚިދުމަތްތެރިން ޝަހީދުކޮށް ބައެއް ޑޮކްޓަރުން ހައްޔަރު ވެސް ކުރީއެވެ. އެހެން ނަމަވެސް އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް އީރާނުން ދިން ހަމަލާއެއް އިޒްރޭލުގެ ސިފައިންގެ ހޮސްޕިޓަލަކަށް އެރުމާއި ގުޅިގެން ހޮސްޕިޓަލްތަކަށް ހަމަލާދީ އާއްމުންނާއި ކުޑަކުދިންނާއި އަންހެނުންނާއި ބަލި މީހުންނަށް ހަމަލާ ދިންކަމަށް ބުނެ އިޒްރޭލުން ޕްރޮޕެގެންޑާ ކުރާއިރު، މިފަދަ ހުރިހައި ޖަރީމާތަކެއް ހުއްޓުމެއްނެތި ފަލަސްޠީނުގައި އިޒްރޭލު އަންނަނީ ހިންގަމުންނެވެ.
وهذه قائمة المستشفيات التي قصفتها إسرائيل في قطاع غزة:
- مستشفى الشفاء (ޝިފާ ހޮސްޕިޓަލް)
- مستشفى ناصر
- المستشفى الأوروبي (ޔޫރަޕިއަން ހޮސްޕިޓަލް)
- مستشفى كمال عدوان
- مستشفى الأقصى
- مستشفى الأمل
- مستشفى العودة (الأوامر)
- المستشفى التركي الفلسطيني
”
بسم الله الرحمن الرحيم
إِن يَمْسَسْكُمْ قَرْحٌ فَقَدْ مَسَّ الْقَوْمَ قَرْحٌ مِّثْلُهُ ۚ وَتِلْكَ الْأَيَّامُ نُدَاوِلُهَا بَيْنَ النَّاسِ وَلِيَعْلَمَ اللَّهُ الَّذِينَ آمَنُوا وَيَتَّخِذَ مِنكُمْ شُهَدَاءَ ۗ وَاللَّهُ لَا يُحِبُّ الظَّالِمِينَ ( سورة آل عمران 140)
صدق الله العلي العظيم
أُحد ހަނގުރާމައިގެ ދުވަހު) ތިޔަބައިމީހުންނަށް ހާނީއްކަޔާއި ވޭންލިބޭނަމަ، ހަމަކަށަވަރުން، (كافر ންގެ) މީސްތަކުންނަށްވެސް، އެފަދަ ހާނީއްކަޔާއި ވޭން ވަނީ، (بدر ހަނގުރާމައިގެ ދުވަހުގައި) ލިބިފައެވެ. އެއީ، ދުވަސްތަކެކެވެ. ތިމަންރަސްކަލާނގެ އެދުވަސްތައް މީސްތަކުންގެ މެދުގައި އެކިގޮތްގޮތަށް ބަދަލުކުރައްވަމެވެ. އަދި، (އެއީ) إيمان ވެއްޖެ މީސްތަކުން، اللَّه ދެނެވޮޑިގެންވެ، އެކަން ހާމަކުރެއްވުމަށްޓަކައްޔާއި، ތިޔަބައިމީހުންގެ ތެރެއިން ބަޔަކު شهيد ން ކަމުގައި ލެއްވުމަށްޓަކައެވެ. އަނިޔާވެރިންދެކެ، اللَّه ލޯބިވެވޮޑިގެނެއްނުވެތެވެ. ( 140)
މިއާޔަތުގެ ތަފްސީރު :
ތިޔަބައިމީހުންގެ ތެރެއިން މީހުން ޤަތުލުވެ ޒަޚަމްވިއިރު، އެބައިމީހުންގެ ތެރެއިންވެސް ވަނީ މީހުން ޤަތުލުވެ ޒަޚަމްވެފައެވެ. ދުވަސްތަކަކީ އެއްގޮތަކަށް އޮންނަ އެއްޗެއް ނޫނެވެ. އެއް ދުވަހު އެއްޗެއް ލިބުނިއްޔާ އަނެއް ދުވަހު ގެއްލޭނެއެވެ. އެއްދުވަހު މޮޅުވެފައި އަނެއް ދުވަހު ދެރަވާނެއެވެ. ﴿وَلِيَعْلَمَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَيَتَّخِذَ مِنكُمْ شُهَدَآءَ ۗ وَٱللَّهُ لَا يُحِبُّ ٱلظَّـٰلِمِينَ﴾ ތިޔަބައިމީހުންނަށް ޖިހާދުކުރަން ޖެއްސެވީ ތިޔަބައިމީހުން އިމްތިޙާނު ކުރެއްވުމަށެވެ. ތިޔަބައިމީހުންގެ ތެރެއިން މުޞީބާތްތަކަށާއި ހަނގުރާމައަށް ކެތް ކުރަނީ ކޮންބައެއްތޯ ބެއްލެވުމަށާއި، ހެވާއި ނުބައި ވަކިކުރެއްވުމަށެވެ.
އަދި މުއުމިނުންގެ ތެރެއިން ބަޔަކަށް ޝަހީދުވުމުގެ މާތްކަން ދެއްވައި އެބައިމީހުން ނިޢުމަތުގެ ސުވަރުގެއަށް ވެއްދެވުމަށެވެ. މިތާނގައި علم ގެ މާނައަކީ އެނގުމެއް ނޫނެވެ. ވަކި ކުރެއްވުމެވެ. މާނައީ: އީމާންކަން މަތީ ސާބިތުވާ މީހުންނާއި، ޖެހޭންވީ ކޮޅެއް ނޭނގިފައި ތިބި މީހުން ވަކިކުރެއްވުމެވެ. އެހެނީ، މާތް ﷲ އީ މޮޅަށް ދެނެވޮޑިގަންނަވާ ރަސްކަލާނގެއެވެ. ޖިހާދުކުރާ މީހުންނާއި ނުކުރާ މީހުން ދެނެވޮޑިގަންނަވާން އެކަލާނގެ ވަކިކަމެއް ކުރައްވާން ޖެހިވޮޑިއެއް ނުގަންނަވާނެއެވެ.