ކެނެޑާގެ އެހީގައި ރާއްޖޭގެ ތިމާވެށި ދިރާސާކުރަނީ

Loading

Facebook
Twitter
WhatsApp

ކެނެޑާ ސަރުކާރުގެ އެހީގައި ރާއްޖޭގައި މޫސުމާއި ތިމާވެށީގެ ދިރާސާތައް ކުރިއަށް ގެންދިއުމަށް މަޝްވަރާތަކެއް ފަށައިފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ކެނެޑާގެ ސެކަންޑް ސެކްރެޓަރީ ޕެޓްރިކް ޕިކަރިންގ ވަނީ މިއަދު ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާ ކެނެޑާގެ ފަންނީ އެހީތެރިކަމުގެ ޕާޓްނަރޝިޕް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދެވޭ ”އެކްސްޕަރޓް ޑިޕްލޯއިމަންޓް މެކޭނިޒަމް“ މަޝްރޫޢުގެ ތެރެއިން ރާއްޖޭގައި މޫސުމާއި ތިމާވެށީގެ ދިރާސާތައް ކުރުމަށް އެކުލަވާލެވޭ އޮނިގަނޑާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

މި އޮނިގަނޑުގެ ސަބަބުން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ ކަންކަން ދެނެގަތުމަށް ފަސޭހަވެގެންދާނެ ކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިވެގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރެއެވެ.

”ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާނެ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއް،އެހެންކަމުން މިފަދަ ދިރާސާތަކަކީ ވަރަށް މުހިންމު ކަމެއް“ ކެނެޑާގެ ސެކަންޑް ސެކްރެޓަރީ ޕެޓްރިކް ޕިކަރިންގ އިން ބުނެފައި ވެއެވެ.

މި މަޝްރޫޢުގެ ދަށުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގިނަ ދިރާސާތަކެއް ކުރާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް