ބަންޑާރަ މިސްކިތް ރީތިކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި

Loading

Facebook
Twitter
WhatsApp

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް ރީތިކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ބަންޑާރަ މިސްކިތް ރީތިކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ ފާޙާނަބަރިއާއި ވުޟޫކުރާތަން ރީތިކޮށް، މިސްކިތުގެ ގޯތިތެރެ ފެހިކުރުމަށް ގަސް އިންދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

”މާލެ ސިޓީގެ މިސްކިތްތައް ބޭނުންކުރާ، ލޮބުވެތި ރައްޔިތުން ހިތްހަމަޖެހޭ ތަންތަނަށް އެ ތަންތަން ހެދުމަކީ ކައުންސިލްގެ އަމާޒެއް“ މޭޔަރު ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިސްކިތްތައް ރީތި ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ބަންޑަރަ މިސްކިތް ރީތި ކުރުމަށް، މިސްކިތުގެ ގޯތި ތެރޭގައި ގަސް އިންދުމުގެ އިތުރުން، މިހާރު މިސްކިތުގައި ހުރި ފާހާނަ ބަރިއާއި ވުޟޫ ކުރާތަން އަލުން މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން ބަންޑާރަ މިސްކިތުގެ މި މަސައްކަތް ނިމިގެންދާއިރު، ޚާއްޞައެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ އުޅެވޭނެކަމަށްވެސް މޭޔަރު ޢާޒިމް ވިދާޅުވިއެވެ.

އަދި މިސްކިތްތައް ރީތިކޮށް ބޭއްވުމަށް، ރައްޔިތުންގެ އެއްބާރުލުން ނުހަނު ބޮޑަށް ބޭނުންވާ ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް