ކަސްޓަމްސް އިން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެހީތެރިކަން ފޯރުކޮށްދެނީ

Loading

Facebook
Twitter
WhatsApp

ކަސްޓަމްސްގެ މިއަހަރުގެ އަހަރީ ދުވަހާއި ގުޅިގެން އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު(އެޗްޕީއެސްއެން)އަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މިކަމަށްޓަކައި ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިސްވެރިންނާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ކަސްޓަމްސްގެ މި ނިންމުމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ކަސްޓަމްސްގެ ސީއެސްއާރުގެ ދަށުން ކުރައްވަމުންގެންދަވާ މިފަދަ މަސައްކަތްތައް ފާހަގަކޮށް، އެހެނިހެން މުއައްސަސާތަކަށް ނަމޫނާ އެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

”ކެޕިޓާލް އިންވެސްޓްމަންޓަކަށް ވިސްނެވިއްޔާ ވަރަށް ރަނގަޅު ވާނެ. މިސާލަކަށް ނެޕީފަދަ ތަކެތި ހަދިޔާކޮށްލުމަށްވުރެ ދާއިމީ އެހީއެއްގޮތަށް މަރާމާތު ކުރުން ފަދަ ކަމެއް.“ މިނިސްޓަރު ވިދާޅުވިއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެހީއެއް ފޯރުކޮށްދެއްވާއިރު، ދިގުމުއްދަތަކަށް ފައިދާވާނެ ފަދަ ގޮތަކަށް ކުރާނެ މަސައްކަތެއް ނުވަތަ އެހީތެރިކަމެއް ދެ އިދާރާ ގުޅިގެން ނިންމަވާ އެކަމެއް ކުރިއަށް ގެންދިއުމަށް ވެސް މިނިސްޓަރު ވަނީ އިރުޝާދު ދެއްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް