ރ. އަތޮޅު 2 ރަށެއްގައި ގަސް އިންދުމުގެ ޙަރަކާތްތަކެއް ކުރިއަށްގެންގޮސްފި

Loading

Facebook
Twitter
WhatsApp

ސަރުކާރުން ކުރިއަށް ގެންދާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން، ރ. އަތޮޅު ދެ ރަށެއްގައި ޚާއްސަ ގަސް އިންދުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ގަސް އިންދުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ ދެ ރަށަކީ، ރ. އިނގުރައިދޫ އަދި ރ. ފައިނުގައި ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އިނގުރައިދޫގައި ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ޙަރަކާތުގައި އިނގުރައިދޫ ކައުންސިލާއި، އާންމު ރައްޔިތުން ބައިވެރިވިއެވެ. މީގެ އިތުރުން، ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ މެންބަރުންވެސް މި ޙަރަކާތުގައި ބައިވެރިވިއެވެ.

ރަށުގެ އެކި ސަރަޙައްދުތަކުގައި ގަސް އިންދުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު މި ޙަރަކާތުގައި، ގިނަ އަދަދެއްގެ ރުއް، ފަތްޕިލާވެލި އަދި މޭވާ ގަސްތައް އިންދާފައިވެއެވެ. މި ގަސްތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ މާޙައުލާ ގުޅޭ، އަދި ރަށުގެ ވެށްޓަށް ފައިދާހުރި ބާވަތްތަކެވެ.

ރ. ފައިނުގައި ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ޙަރަކާތް ރާވައި ހިންގީ ރ. ފައިނު ކައުންސިލާއި އެންވަޔަރަންމަންޓް މިނިސްޓްރީ ގުޅިގެންނެވެ. މި ޙަރަކާތުގެ ދަށުން ރަށުގެ އެކި ސަރަޙައްދުތަކުގައި 500 އަށްވުރެ ގިނަ ގަސް އިންދާފައި ވެއެވެ. މީގެ ތެރޭގައި ރުއް، ފަތްޕިލާވެލި އަދި މޭވާ ގަސްތައް ހިމެނެއެވެ.

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ފައްޓަވާދެއްވި ޤައުމީ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމުގެ ޙަރަކާތްތައް ކުރިއަށް ގެންދާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް